ނ. ލަންދޫ ސްކޫލުގެ ޕްރިންސިޕަލް ޔޫސުފް އަބްދުލްރަހީމް ގެއަކަށް ގޮސް ސްކޫލް ދަރިވަރެއްގެ މައްސަލައިގައި ބެލެނިވެރިޔަކާ ވަރަށް ހުތުރުބަހުން ޒުވާބު ކުރާ ވީޑިއޯއެއް އާއްމުވެއްޖެ އެވެ.
ސޯޝަލް މީޑިއާގައި އިއްޔެ އާއްމުވި މި ވީޑިއޯގައި ޒުވާބު ކުރަނީ ސީދާ ކޮން މައްސަލައަކައިކަން ސާފު ނުވިނަމަވެސް، އަންހެނަކާ ދިމާލަށް ޕްރިންސިޕަލް ހަޑިހުތުރު ބަހުން ޒުވާބުކުރީ ސްކޫލުގައި ޖެހުނު މައްސަލައެއްގައިކަން އެނގެ އެވެ.
ސުކޫލުގެ ދަރިވަރަކާ މެދު ޖެހުނު މައްސަލައިގައި ކުރިއަށްދާނެ ކަމަށް އެ ބެލެނިވެރިޔާ ބުނާ އަޑު އިވެ އެވެ. އެކަމަށް ރައްދު ދެމުން ޕްރިންސިޕަލް ޔޫސުފް ވަނީ އެއްކަމެއް ވެސް ނުކުރެވޭނެ ކަމަށް ބުނެ ހުތުރު ބަސް ބޭނުންކޮށްގެން އެ ބެލެނިވެރިޔާއާ ޒުވާބުކޮށްފަ އެވެ.
އެ ބެލެނިވެރިޔާގެ ވާހަކައިން ޔޫސުފް ސުކޫލު ތެރޭގައި ވެސް އެ މައްސަލައާ ގުޅޭގޮތުން ކޮށްފައިހުރި މެސެޖްތަކެއް ފޯނުން ޑިލީޓުކުރުމަށް އިންޒާރުދީ ވާހަކަދެއްކި ކަމަށް ބެލެނިވެރިޔާ ތުހުމަތު ކުރި އެވެ.
ނަމަވެސް މެސެޖްތައް ޑިލީޓުކުރަން އެންގި ވާހަކަ ޕްރިންސިޕަލް ވަނީ ދޮގުކޮށްފަ އެވެ.
ޝާހްރުކް ޚާންއަށް 60 އަހަރު!
ލަންކާ އާއި ރާއްޖެއާ ދެމެދު ފެރީގެ ހިދުމަތް ފަށަން މަޝްވަރާކޮށްފި
ނޮވެމްބަރު 3ގެ ޝަރަފުގެ އައްޑަނަ ރައީސް މައުމޫނަށް އަރުވައިފި
މިކަހަލަ ގޮތެއްނެތް މީހުން ވަގުތުން ވަކިކުރަންޖެހޭ