އުރީދޫގެ ހާއްސަ އާންމު ޖަލްސާއެއް އަންނަ މަހު ބާއްވަން ނިންމައިފި އެވެ.
އުރީދޫން ބުނީ އެ ޖަލްސާގައި ބައިވެރިވެވޭނީ މި މަހުގެ 27 ވާ ބުދަ ދުވަހުގެ 14:00އަށް އެ ކުންފުނީގެ ހިއްސާދާރެއްގެގޮތުގައި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށް އެކަނި ކަމަށެވެ.
އެގޮތުން އަމިއްލައަށް ނުވަތަ ޕްރޮކްސީ މެދުވެރިކޮށް އެ ޖަލްސާގައި ބައިވެރިވެގެން ފާސްކުރުމަށް ހުށަހަޅާފައިވާ އައިޓަމްތަކަށް ވޯޓު ދެވޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
އެ ޖަލްސާގެ ނޯޓިސް އަދި އެޖެންޑާ މި މަސް ނިމުމުގެ ކުރިން އުރީދޫގެ ވެބްސައިޓްގައި ޝާއިއުކުރާނެ އެވެ. އެ ނޯޓިސްގައި ޖަލްސާއާ ގުޅޭގޮތުން އޮޅުންފިލުވަން ބޭނުންވާ ހުރިހާ މައުލޫމާތެއް ލިބޭނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.
ބައްޕަގެ ބިރު: ޔޫސުފް ޚާން ދިލިޕް ކުމާރަށް ބަދަލުވި ގޮތް!
އީރާނަށް އަޅާފައިވާ ބައެއް ދަތިކުރުމުގެ ފިޔަވަޅުތައް އުވާލައިފި
ޒުވާނުންގެ މެދުގައި ކެންސަރު އިތުރު ވަމުން އަންނަ ސަބަބު!
