ޖަރުމަނު ވިލާތުގައި ޕިއްޒާއާއެކު މަސްތުވާތަކެތީގެ ވިޔަފާރި ކުރަމުންދިޔަ ރެސްޓޯރެންޓެއްގެ މައުލޫމާތު އެގައުމުގެ ފުލުހުން އާއްމު ކޮށްފި އެވެ.
ހަބަރުތައް ބުނާ ގޮތުގައި ހުޅަނގު ޖަރުމަނުގެ ރެސްޓޯރެންޓެއް ކަމަށްވާ "ޑަސެލްޑޯފް" އިން އައީ އެ ރެސްޓޯރެންޓްގެ ސްޕެޝަލް ޕިއްޒާ ރެސިޕީއާއެކު ކޮކެއިން ވިއްކަމުންނެވެ.
އެގޮތުން އެ ރެސްޓޯރެންޓްގެ މެނޫގައިވާ ޕިއްޒާ ސްޕެޝަލް އޯޑަރު ކުރުމުން ޑެލިވަރީ ކޮށްދޭ ޕިއްޒާއާއެކު ކޮކެއިންގެ މިންވަރެއް ވެސް ހުންނަ ކަމަށް ބުނެވެ އެވެ. އެ މާއްދާއަކީ ޑެލިވާކުރާ ޕިއްޒާއާއެކު ބޭނުން ކުރުމުން އެ ޕިއްޒާގެ ރަހަ އިތުރަށް މީރުކޮށްދޭ މާއްދާ އެކެވެ.
މި މައްސަލައިގެ ރިޕޯޯޓު ލިބުމުން ޖަރުމަނުގެ ފުލުހުން ވަނީ އެ ރެސްޓޯރެންޓަށް ގޮސް ތަހުގީގު ކޮށްފަ އެވެ. އެއާއެކު ރެސްޓޯރެންޓުގެ މެނޭޖަރުގެ އެޕާޓްމަންޓާ ބަލާފާސްކުރި ކުރުމުން އެތައް ހާސް ޑޮލަރެއްގެ މަސްތުވާތަކެތި ވަނީ ފެނިފަ އެވެ.
މިއާއެކު ޑަސެލްޑޯފްގެ މެނޫގައިވާ ޑިޝްތައް ތައްޔާރު ކުރުމުގައި ވެސް މަސްތުވާތަކެތި ބޭނުން ކުރެވޭ ކަމަށް ޝައްކު ކުރެވި އެކަމުގެ ތަހުގީގު ވެސް ވަނީ ފަށާފަ އެވެ.
މި މައްސަލައިގެ ތަހުގީގު ކުރިއަށްދާއިރު ރެސްޓޯރެންޓް ވަގުތީގޮތުން ބަންދު ކުރެވިފައިވާއިރު މައްސަލައިގެ ތުހުމަތުގައި ތިން މީހަކު ވަނީ ހައްޔަރު ކުރެވިފަ އެވެ.
"ގާނޫނީ ހަމަތަކުން އަޅުގަނޑު ޖަލަށްލެވޭނެ އެއްވެސް ގޮތެއް ނެތް"
3،984ރ. ގައި ހުރި ހިޔާ ފްލެޓްގެ ކުލި ކުޑަކޮށްދޭން އެދިއްޖެ
މޫނުގައި ފަޅާ އިސްތަށިތައް ނައްތާލަން ގުދުރަތީ ފަރުވާއެއް!