އުރީދޫގެ ގޭމިން ޕްލެޓްފޯމް، އުރީދޫ ނޭޝަންއިން ގޭމިން އެސަސަރީ ޕާޓްނަރެއްގެ ގޮތުގައި އެސްބީއެންޓީއާ އެކު ސޮއިކޮށްފި އެވެ.
ރާއްޖޭގެ ކުންފުންޏެއް ކަމަށްވާ އެސްބީއެންޓީ އަކީ ގޭމަރުންނަށް ހާއްސަކޮށް އެންމެ ފަހުގެ ޓެކްނޮލަޖީ ގެނެސްދޭ ކުންފުންޏެކެވެ. އެ ކުންފުނިން ގޭމަރުންނަށް ބޭނުންގޮތަކަށް ސިސްޓަމެއް ބިލްޑުކުރަން ބޭނުންވާ މޮނީޓަރު، ސީޕީޔޫގެ އިތުރުން ގޭމިން ޗެއާ ފަދަ ތަކެތި ވެސް ވިއްކަ އެވެ.
އުރީދޫ ނޭޝަން އަކީ ރާއްޖޭގައި ގޭމިންގެ ދާއިރާ ތަރައްގީކޮށް، ފުޅާކޮށް، ގޭމަރުންނަށް މިހާރަށް ވުރެ ރަނގަޅު ފުރުސަތުތަކެއް ހޯދާ ދިނުމަށް އުރީދޫން ލޯންޗުކުރި ޕްލެޓްފޯމެކެވެ. މި ޕްލެޓްފޯމުން ދަނީ އެކި ކޮންޓެންޑާ ސީރީޒްތަކުގެ މުބާރާތްތައް ބާއްވަމުންނެވެ. އަދި އެ މުބާރާތްތަކަކީ ބޮޑެތި ފައިސާގެ އިނާމުތައް ހުށަހަޅާ ބާއްވާ މުބާރާތްތަކެކެވެ.
އުރީދޫ ނޭޝަންގެ މުބާރާތެއް މިދިޔަ ހަފްތާ ބަންދުގައި ވެސް ބާއްވާފައިވެ އެވެ.
ޕީއެންސީން އިންތިހާބު ކާމިޔާބުކުރަން އުޅެނީ ވަޒީފާދީގެން:އެމްޑީޕީ
ކެއުމުގައި ލޮނު ބޭނުން ކުރެވޭ މިންވަރަށް ސަމާލު ވާންޖެހޭ!
ރެޕް ލަވަކިޔުންތެރިޔާ ސެންޓްރަލް ސީ އިސްލާމްވެއްޖެ
