މާލޭގެ ސޯސަން މަގުގައި ހުރި ކެފޭއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި އެވެ.
ހެންވޭރު ދޫހިމެރިގޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން ސިފައިންގެ ފަޔާ އެންޑް ރެސްކިއު ސާވިސްއިން ދަނީ ހަރަކާތްތެރިވަމުންނެވެ. އެ ހާދިސާގެ ރިޕޯޓު ކުރީ މެންދުރު 14:47 ގައި ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯއިން ފެންނަ ގޮތުގައި، އަލިފާން ރޯވެފައި ވަނީ ކެފޭގެ ދެވަނަ ފަންގިފިލާގަ އެވެ.
އަލިފާނުގެ ސަބަބުން އެ ސަރަހައްދުގައި ވަނީ ވަރަށް ބޮޑަށް ދުމުގެ އަސަރުކޮށްފަ އެވެ. އެމްއެންޑީއެފް އިން ދަނީ އަލިފާން ނިއްވާލުމަށް މަސައްކަތް ކުރަމުންނެވެ.
މެކްސިކޯ ވޯލްޑް ކަޕްގެ ދެވަނަ ބުރަށް
"3 އިޑިއަޓްސް" ސީކުއަލްގެ ވާހަކަ ހާމަކޮށްފި
ވޯލްޑް ކަޕް: ފޯރިގަދަ ލަވަތަކުގެ ތެރެއިން ގަދަ 10!