ދުނިޔޭގެ އެންމެ ބޮޑު ސޯޝަލް މީޑިއާ ކުންފުންޏަށް "ހޭޓް ސްޕީޗް،" އަދި ޕްރޮޕެގެންޑާ ފެތުރުން ހުއްޓުވުމަށް ގޮވާލައި ކުރިއަށްގެންދާ ކެމްޕެއިނެއްގެ ދަށުން، އެހެން ސެލެބްރީޓީންނާއެކު ކިމް ކާޑޭޝިއަން ވެސް އޭނާގެ ފޭސްބުކާއި އިންސްޓަގްރާމް އެކައުންޓްތައް ފްރީޒްކުރަން ނިންމައިފި އެވެ.
"ސޯޝަލް މީޑިއާގައި ދައުރުވާ ދޮގު މައުލޫމާތު ތަކުގެ ނޭދެވޭ އަސަރު އަހަރެމެންގެ އިންތިހާބުތަކާއި ޑިމޮކްރެސީއަށް ކުރޭ،" ފޭސްބުކާއި ދެކޮޅަށް ކުރާ "ސްޓޮޕް ހޭޓް ފޯ ޕްރޮފިޓް" އަށް ތާއީދުކޮށް ކިމް ލިޔުނު ޕޯސްޓެއްގައިވެ އެވެ.
ކިމްގެ އިތުރުން ކެރީ ވޮޝިންގްޓަން، ޖެނިފާ ލޯރެންސް އަދި ސަޗާ ބެރޮން ކޮހެން ވެސް ވަނީ މިއަށްވުރެ ރަނގަޅު ކުރުމަށް ޓުވިޓާ މެދުވެރިކޮށް ފޭސްބުކަށް ގޮވާލާފަ އެވެ.
ސޯޝަލް މީޑިއާ ސިވިލް ރައިޓް ގްރޫޕްތަކުން ލޯންޗް ކުރި މި ކެމްޕެއިނަށް މިހާތަނަށް އެތައް ސަތޭކަ ބޮޑެތި ކުންފުނިތަކުގެ އެއްބާރުލުން ލިބިފައިވީ ނަމަވެސް އޭގެ މާބޮޑު އަސަރެއް ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކަށް ކޮށްފައެއް ނުވެ އެވެ.
ބީއެމްއެލްގެ 1،224 ފްލެޓްގެ އަމަލީ މަސައްކަތް ފަށައިފި
ޔަހޫދީންގެ ހަމަލާތަކުގައި އީރާނުގެ 210 ކުޑަކުދިން މަރުވެފައިވޭ
ފުވައްމުލަކާއި ފޯޅަވަހި: ހިތާއި ހިތުގެ ގުޅުމެއް
