ދިރާސީ އަހަރުގެ އެއްވެސް ޓާމެއްގެ ޗުއްޓީގައި ޓީޗަރުން ސްކޫލްތަކުން ވަޒީފާ އަށް ނުނެރެން އެޑިއުކޭޝަން މިނިސްޓްރީން ސްކޫލްތަކަށް އަންގައިފި އެވެ.
އެޑިއުކޭޝަން މިނިސްޓްރީން ސްކޫލްތަކަށް ފޮނުވި ސާކިއުލާއެއްގައި ބުނީ، މި ދިރާސީ އަހަރުގެ ފުރަތަމަ ޓާމް ބަންދާއި ދެވަނަ ޓާމް ބަންދު އަދި މިޑްޓާމް ބަންދުގައި ޓީޗަރުން ސްކޫލުތަކަށް ނެރުމަކީ މަނާ ކަމެއް ކަމަށެވެ.
އެ ނިންމުން ނިންމީ ކޮން ސަބަބަކާ ހުރެ ކަމެއް މިނިސްޓްރީން ހާމައެއް ނުކުރެ އެވެ.
އަދި އެ ސާކިއުލާގައި އެ ތަފްސީލްތައް ދީފައެއް ނުވެ އެވެ.
ޓީޗަރުންނާއި ޕްރިންސިޕަލުންނަށް ލުޔެއް ދެއްވުމަށް މަސައްކަތް ކުރައްވާނެ ކަމުގައި އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު މީގެކުރިން ވަނީ ވިދާޅުވެފަ އެވެ.
އޭގެ ތެރެއިން އަބަދު އެކްޓިވްކޮށް ހުންނަ ވައިބާ ގްރޫޕްތަކާ ގުޅިގެން ޓީޗަރުންގެ ކަންބޮޑުވުންތައް ހައްލު ކުރުމަށް މިނިސްޓްރީން މިދިޔަ މަހު ވަނީ ސްކޫލްތަކުގެ ޓީޗަރުންނާއި ބެލެނިވެރިން މުއާމަލާތް ކުރުމަށް ކޮންމެ ކްލާހެއްގައި ހުންނަ ވައިބާ ގްރޫޕްތައް ނުހެދުމަށް ވެސް އަންގައިފަ އެވެ.
ހާއްސަ މުސީރުގެ މަގާމުން ވަހީދު އިސްތިއުފާ ދެއްވައިފި
ސްކޭމްތަކުން އަނބުރާ ހޯދުނީ 630،319 ރުފިޔާ
ކެއްކުމުގެ ކުރިން ކުކުޅުގެ ހަން ނޮޅަން ޖެހޭނެތަ؟