މޯލްޑިވިއަން އިން ޓްރިވެންޑްރަމް އަށް ކުރާ ދަތުރުތައް އިތުރުކޮށްފި އެވެ.
މޯލްޑިވިއަން އިން ބުނީ މި މަހުގެ 22 ވަނަ ދުވަހުން ފެށިގެން މާލެ އާއި ޓްރިވެންޑްރަމް އާ ދެމެދު އިތުރު ދަތުރުތަކެއް ފެށުމަށް ތާވަލުކޮށްފައިވާކަމަށެވެ. އެގޮތުން މިދަތުރާއެކު ޖުމްލަ ފަސް ދަތުރު ކޮންމެ ހަފްތާއަކު މޯލްޑިވިއަންއިން ޓްރިވެންޑްރަމަށް ކުރާނެ އެވެ. އަލަށް އިތުރުކުރި މޯލްޑިވިއަންގެ ދަތުރުކުރާނީ ކޮންމެ ހަފްތާއެއްގެ ހޯމަ ދުވަހު އެވެ.
މާލެ އާއި ޓްރިވެންޑްރަމާ ދެމެދު މީގެ ކުރިން މޯލްޑިވިއަން އިން ދަތުރުކުރީ ހަތަރު ދުވަހެވެ. އެއީ ހޮނިހިރު، އާދިއްތަ، ބުދަ އަދި ބުރާސްފަތިދުވަހުގަވެ.
މޯލްޑިވިއަން އިން އިންޑިއާގެ ބެންގަލޫރަށާއި ކޮޗިންއަށް ވެސް ދަތުރުތައް ބާއްވަ އެވެ. މީގެ އިތުރުން ސްރީ ލަންކާގެ ކޮލަމްބޯ އަކީ ވެސް އެ އެއާލައިނުގެ ބައިނަލްއަގުވަމީ މަންޒިލެކެވެ.
"ނަތީޖާ ނެރެވޭނީ ކައުންސިލްތައް މާލީގޮތުން ބާރުވެރިކޮށްގެން"
އެޕްސްޓީންއާ ބައްދަލުކުރިއިރު، ތުހުމަތެއް ކުރެވޭކަމެއް ނޭނގެ
ގައްޒާފީގެ ދަރިކަލުން ސައިފުލް އިސްލާމް އަވަހާރަކޮށްލައިފި
