ސައުތު އެފްރިކާއަށް ނިސްބަތްވާ އަންހެނަކު މާސްކު ނާޅާ ހުރުމުން، ފިހާރައަކުން ބޭރުކޮށްލަން އުޅުމުން ލައިގެން ހުރި ޖަނގިޔާ ބޭލުމަށްފަހު މާސްކެއްގެ ގޮތުގައި މޫނުމަތީގައި އަޅައިފި އެވެ.
"ނިއުސްފްލެޝް" އަށް ލިބިފައިވާ ވީޑިއޯއަކުން ފެންނަ ގޮތުން އެ ފިހާރައިގެ މުވައްޒަފަކު އެ އަންހެން މީހާ މާސްކު ނާޅާ ހުރުމުން އެކަމާ ސުވާލުކުރެ އެވެ. އަދި މާސްކު ނާޅާ ނަމަ ފިހާރައިން ދިއުމަށް އެދެ އެވެ.
އެ ވަގުތު އަތުގައި މާސްކެއް ނެތުމުން ކުޑައިރުކޮޅަކު ވިސްނަން ހުރުމަށް ފަހު މި އަންހެން މީހާ ވަނީ އޭނާގެ ޖަނގިޔާ ބޭލުމަށް ފަހު މާސްކެއްގެ ގޮތުގައި އަޅާފަ އެވެ. އަދި "މިހާރު އުފާވެއްޖެ ހޭ؟" އެ މުވައްޒަފާ ދިމާއަށް ބުނެ އެވެ.
ބައެއް މީހުން އޭނާއަށް ތައުރީފުކޮށް ވާހަކަ ދެއްކި ނަމަވެސް އިންޓަނެޓްގައި ގިނަ ބަޔަކު ވަނީ މިކަމާ ދެކޮޅަށް ވާހަކަ ދައްކާފަ އެވެ.
"މުޅި ދުނިޔެއަށް ކޮވިޑް-19ގެ ނުރައްކަލާ ކުރިމަތިވެފައިވާ އިރު އޭނާއަށް ހީވަނީ "ޖީ-ސްޓްރިންގް" އެއް ވައިރަހުން އޭނާ ސަލާމަތްކޮށްދޭނެ ކަމަށް،" އެ ވީޑިއޯއަށް ކޮމެންޓްކުރި މީހަކު ބުންޏެވެ.
ޔާމީންގެ ވެރިކަމުގައި މުޅި ދައުލަތް ހިންގެވީ މުއިއްޒު: ޝުޖާއު
އެކްޓް ކުރުން މަތިން ހަނދާން ނުވާ ކަމަށް ޕްރިތީ ބުނެފި
އީރާންގެ ވެރިކަން ބަދަލު ނުވުމުން މޮސާޑުގެ ދެ ވެރިން ވަކިކޮށްފި