ދިވެހިބަހުގެ ދެމިއޮތުމާއި ކުރިއެރުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރަނީ ލިޔުންތެރީން ކަމަށް ރައީސް މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް މިހެން ވިދާޅުވީ މިއަދު ފާހަގަކުރާ ދިވެހި ލިޔުންތެރިންގެ ދުވަހުގެ މުނާސަބާގައި ސޯޝަލް މީޑިއާ މެދުވެރިކުރައްވައި ފޮނުއްވި ތަހުނިޔާގެ ޕޯސްޓެއްގަ އެވެ.
މިއަހަރު ލިޔުންތެރިންގެ ދުވަހަށް ކަނޑައަޅާފައިވާ ޝިއާރަކީ "ތަހުޒީބު މުޖުތަމަޢެއް ދެމެހެއްޓުމަށް ޓަކައި ލިޔުންތެރީންގެ ދައުރު މުހިންމު!" މިއެވެ.
ލިޔުންތެރިންގެ ދުވަސް ފާހަގަކުރަނީ ކޮންމެ އަހަރެއްގެ ޖުލައި މަހުގެ 8 ވަނަ ދުވަހުގައެވެ. އެއީ ދިވެހިރާއްޖޭގައި ޗާޕްކޮށްގެން ނެރުނު ފުރަތަމަ އަދަބީ މަޖައްލާ ކަމުގައިވާ "އަލްއިޞްލާޙް" ނެރެން ފެށުނު ދުވަހެވެ.
ޖޭސަން މޮމޯއާގެ މިސްރާބު ބޮލީވުޑަށް؟
"އޮމެގާ 3"އިން ހަނދާނަށް އެއްވެސް އަސަރެއް ނުކުރޭ: ދިރާސާ
ނިއާގްރާ ފޯލްސްއިން ވޯލްޑް ކަޕް: ތަފާތު ތަޖުރިބާއެއް!