މާފަންނު ފުލޫނިޔާ މަގުގައި ހުރި ގެއެއްގައި ރޯވެ، ހަތަރު މީހަކަށް ފަރުވާ ދޭން ޖެހިއްޖެ އެވެ.
އެމްއެންޑީއެފް އިން ބުނީ ފުލޫނިޔާ މަގުގައި ހުރި ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން ފުލުހުންނާއި ސިފައިން ހަރަކާތްތެރިވާން ފަށާފައިވާ ކަމަށެވެ.
އަލިފާން ރޯވެފައި ވަނީ މ. އެންޒިއަންގޭގެ 3 ވަނަ ފަންގިފިލާގަ އެވެ.
އެމްއެންޑީއެފް އިން ބުނީ މި ހާދިސާގައި ދުމުގެ އަސަރުކޮށްގެން ހަތަރު މީހަކު ހޮސްޕިޓަލަށް ގެންގޮސްފަ އެވެ.
އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިޔު ސާވިސްއިން ބުނީ މިހާރު އަލިފާން ނިއްވާލާފައިވާ ކަމަށެވެ.
ބުރަކަށީގެ ރިހުން ނުފިލަނީ ދިރިއުޅުމުގެ އާދަތަކުގެ ސަބަބުން؟
ނިގާބު އަޅާ މީހުންނަށް އިމްތިއާޒް ފާޑު ކިޔައިފި
އެމެރިކާ ދެވަނަ ބުރަށް، ދެ މެޗުން ބަލިވެ ތުރުކީ ކަޓައިފި