ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ ވިނަރެސް ފުލެޓުތަކުގެ އެކްސެސް ކޮންޓްރޯލް ސިސްޓަމް ބޭނުންކުރަން ފަށައިފި އެވެ.
ހައުސިން ޑިވޮލަޕްމަންޓު ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނީ ވިނަރެސް ފްލެޓްތަކުގެ އެކްސެސް ކޮންޓްރޯލް ސިސްޓަމް މިހާރު ބޭނުންކުރަން ފަށާފައިވާ ކަމަށެވެ.
މިސިސްޓަމް ބޭނުންކުރަން ފެށުމާއެކު ކޮންމެ ފްލެޓަކަށް ފަސް ޓެގު ދޫކުރުމަށް ހަމަޖެހިފައިވާ ކަމަށް އެޗްޑީސީން ބުނެ އެވެ. އެގޮތުން ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން ފެށިގެން 3:30 އަށް ވިނަރެސް 10ގެ މެނޭޖުމަންޓް އޮފީހުން ޓެގު ދޫކުރާނެ ކަމަށް އެޗްޑީސީން ބުންޏެވެ.
ޓެގާ ހަވާލުވުމަށް ފުލެޓުގެ މެއިން އެޕްލިކޭންޓު އަންނަނަމަ އައިޑީކާޑު ގެނައުމަށާއި، ކޯ އެޕްލިކޭންޓު ދާނަމަ މެއިން އެޕްލިކެންޓުގެ އައިޑީކާޑާއި ޓެގާ ހަވާލުވާން ދާ ފަރާތުގެ އައިޑީކާޑު ގެނައުމަށް އެޗްޑީސީން ވަނީ އެދިފަ އެވެ.
މީގެ އިތުރުން އެޗްޑީސީން ބުނީ މި ދެ މީހުންނަށްވެސް ނުދެވޭނަމަ ޕަވާ އޮފް އެޓާނީ ހަވާލުކޮށްފައިވާ ފަރާތަށް ޓެގު ހަވާލުކޮށްދޭނެ ކަމަށެވެ.
ނަމަވެސް ޕަވާ އޮފް އެޓާނީ ފޯމާއި އެ ފޯމުގައިވާ ހުރިހާ މީހުންގެ އައިޑީކާޑު ގެނައުމުން ނޫނީ ޓެގު ދޫނުކުރާނެ ކަމަށް އެ ކޯޕަރޭޝަނުން ބުންޏެވެ.
ތާބޫގެ ޝަހުސީ ހައްގުތައް ހިމާޔަތް ކުރަން ދިއްލީ ހައި ކޯޓަށް!
އަމީތާބު ދެކިލަން އެއްވި މީހުން ފުލުހުންނަށް ވެސް ކޮންޓްރޯލް ނުވި
"ސްޕައިޑަ-މޭން: އަ ބްރޭންޑް ނިއު ޑޭ"އަށް 1 ބިލިއަން ޑޮލަރު!