ގދ. ފިޔޯރީން ގެއްލުނު ނުވަ އަހަރުގެ އަންހެން ކުއްޖާ ފަޅު ގެއެއްގެ ތެރެއިން ރޭ ފެނިއްޖެ އެވެ.
އެ ރަށު ފިނިވިލާގެ، މަރިޔަމް މީނާލް މުހައްމަދު ވީނުވީއެއް ނޭނގި ގެއްލުނީ އިއްޔެ ހަވީރު 17:30 ހާއިރެވެ.
ފިޔޯރީ ކައުންސިލުން ބުނި ގޮތުގައި މީނާލް ފެނުނު އިރު، އެ ކުއްޖާގެ އެއްވެސް ހަރަކާތެއް ނެތެވެ. އެ ކުއްޖާ ފެނިފައި ވަނީ ދިރިއުޅޭ ގެއާ ވަރަށް ކައިރީގައި ހުންނަ ފަޅު ގެއެއްގެ ތެރެއިންނެވެ.
އެ ކުއްޖާގެ ސިއްހީ ހާލަތު ބެލުމަށް އިތުރު ޓެސްޓްތައް ހެދުމަށް ގދ. ތިނަދޫއަށް މިހާރު ވަނީ ގެންގޮސްފަ އެވެ.
ގެއްލުނު ކުއްޖާ ހޯދުމުގެ މަސައްކަތުގައި ފުލުހުންނާއި އާންމުން ބައިވެރިވި އެވެ.
އެމެރިކާ އާއި އީރާންގެ މައްސަލަ ހައްލުކުރަން ތުރުކީން ފަށައިފި
ދެ ލޯންޗު ޖެހި އެކްސިޑެންޓެއް ހިނގައި ގެއްލުންތަކެއް