ދެކުނު ކެލިފޯނިއާގެ ބޮޑު ކޯރެއްގެ އަޑިން ލިތިއަމް މައިންއެއް ސައިންޓިސްޓުންނަށް ފެނިއްޖެ އެވެ.
މި މައިންގައި އެކުލެވޭ ލިތިއަމްގެ އަގު 540 ބިލިއަން ޑޮލަރަށް އަރާކަމަށް ލަފާކުރެ އެވެ. "ސަލްޓަން ސީ"ގެ ނަމުން ދީފައިވާ އެމެރިކާގެ އެންމެ ބޮޑު ކޯރުގެ އަޑިން ލިތިއަމް ފެނިފައިވަނީ އެ ގައުމުގެ ޑިޕާޓްމެންޓް އޮފް އެނާޖީއިން ހިންގި ރީސާޗް ޕްރޮޖެކްޓެއްގަ އެވެ.
މި ކޯރުގެ އަޑީގައި ގާތްގަނޑަކަށް 18 މިލިއަން ޓަނުގެ ލިތިއަމް ހުރިކަމަށް ލަފާ ކުރެ އެވެ. ލިތިއަމްއަކީ ބެޓެރި ހެދުމަށް ބޭނުންވާ މުހިއްމު މައުދަނެކެވެ. މި ވަރުގެ އަދަދަކުން 382 މިލިއަން އިލެކްޓްރިކް ވެހިކަލް އުފެއްދިދާނެ ކަމަށްވެ އެވެ. އަދި މި ވަގުތު އެންމެ ގިނައިން ލިތިއަމް އުފައްދާ ގައުމުކަމަށްވާ ޗައިނާ އަށް ބަރޯސާވުން ހުއްޓާލެވިދާނެ ކަމަށް ސައިންޓިސްޓުންގެ ޓީމުން ބުނެފައިވެ އެވެ.
މި ހޯދުމުގެ ސަބަބުން ސަލްޓަން ލޭކް ވަނީ ލިތިއަމްގެ ސައުދީ އަރަބިއާއަށް ވެފައި ކަމަށް ކެލިފޯނިއާގެ ގަވަރުނަރު ގޭވިން ނިއުސަން ވަނީ ބުނެފަ އެވެ.
ނަމަވެސް, މި އަދަދަށް ލިތިއަމް ބިމުން ނެގުމަކީ ރައްކާތެރިކަމަކަށް ނުބެލެވެ އެވެ. ލިތިއަމް ނަގަން ޖެހެނީ ޑްރިލް ކޮށްގެން ކަމަށް ވުމާއެކު ޑްރިލްކުރުމުން ކޯރުގެ ފެނަށް ވަރަށް ބޮޑަށް އަސަރުކުރުމުގެ ފުރުސަތު ބޮޑެވެ. އަދި ކޯރުގެ ސަރަހައްދުގައި ދިރިއުޅޭ 180,000 އަށް މި ކަމުގެ އަސަރު ފޯރާނެ ކަމަށް ލަފާކުރެވެ އެވެ.
އަމީތާބު ދެކިލަން އެއްވި މީހުން ފުލުހުންނަށް ވެސް ކޮންޓްރޯލް ނުވި
ދޯންޏެއް އަޑިއަށް ގޮސް ސިފައިންގެ މީހަކާއި ފުލުހަކު ގެއްލިއްޖެ
"ސްޕައިޑަ-މޭން: އަ ބްރޭންޑް ނިއު ޑޭ"އަށް 1 ބިލިއަން ޑޮލަރު!