މަސްތުވާތަކެއްޗާއެކު ކ. މާފުށި ޖަލުގެ އޮފިސަރަކު ހައްޔަރުކޮށްފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތުގެ ތެރެއިން އެ ހިދުމަތުގެ އިންޓެލިޖެންސްއަށް ލިބުނު މައުލޫމާތަކާ ގުޅިގެން ބުދަ ދުވަހުގެ ރޭ 21:12 ހާއިރު މާފުށީގައި މަސައްކަތް ކުރާ ފުލުހުން ހިންގި އޮޕަރޭޝަންގައި ހައްޔަރުކޮށްފައި ވަނީ 32 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.
އޭނާ ހައްޔަރުކުރީ މާފުށީ ޖަލު ކައިރިންނެވެ. މާފުށި ޖަލު ކައިރީ ހުއްޓައި ޝައްކުކުރެވިގެން އޭނާ ބަލައި ފާސްކުރިއިރު، ވަގުތީ ބަރުދަނުގައި 38.4 ގުރާމުގެ ބަރުދަން ހުރި މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ފެނިފައިވާ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
ކޯޓުން މިއަދު ވަނީ އެ މީހާގެ ބަންދަށް 10 ދުވަސް ޖަހާފަ އެވެ.
"ދުރަންދަރް 2"ގައި ރަންވީރު ނުކުންނާނީ ބަދަލު ހިފަން!
ގައްޒާފީގެ ދަރިކަލުން ސައިފުލް އިސްލާމް އަވަހާރަކޮށްލައިފި
މައިކަލް ޖެކްސަން ބައޮޕިކްގެ ޓްރެއިލާ ނެރެފި
