ފަލަސްތީނުގެ ޣައްޒާގައި ހާލުގައި ޖެހިފައިވާ 17 އަހަރުގެ އަންހެން ކުއްޖަކު ދިވެހީންގެ ދީލަތި އެހީތެރިކަމާއެކު ރާއްޖެ ގެނެސްފި އެވެ.
ނަދާ ނަކަމަށް ކިޔާ އެ ކުއްޖާ ރާއްޖެ ގެނައީ "ޚިދުމަތް" ޖަމިއްޔާއިންނެވެ. އެ ކުއްޖާގެ ދައްތައަކު ކައިވެނިކޮށްގެން އުޅެނީ ރާއްޖޭގެ ޖަމިއްޔާއެއް ކަމަށްވާ ޖަމިއްޔަތުލް ފަލާހުގެ ރައީސް، ގާރީ, އަބްދުއްސައްތާރު އަބޫބަކުރުގެ ދަރިއަކާ އެވެ.
ނަދާގެ ދައްތަ މިހާރު ދިރިއުޅެނީ މެލޭޝިޔާގައި ކަމަށްވާތީ މެލޭޝިޔާއަށް އެ ކުއްޖާ ފޮނުވުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ޚިދުމަތް ޖަމިއްޔާއިން ބުންޏެވެ.
އެ ކުއްޖާ ރާއްޖެ ގެނެވުނަސް އޭނާގެ މަންމައާއި ބައްޕަގެ އިތުރުން ކުޑަ ދެ އަންހެން ކޮއްކޮ ތިބީ ޣައްޒާގަ އެވެ. އެ މީހުން ސަލާމަތްކޮށްގެން ރާއްޖެ ގެނައުމަށް ޚިދުމަތް ޖަމިއްޔާއިން ވަނީ ދިވެހި ރައްޔިތުންގެ އެހީތެރިކަމަށް އެދިފަ އެވެ.
މަންމަ އާއި ބައްޕަ ހިމެނޭހެން އާއިލާގެ ހުރިހާ މެމްބަރުން ސަލާމަތްކޮށްދިނުމަށް މަސައްކަތްކޮށްދިނުމަށް އެ ކުއްޖާ ވަނީ އެދިފަ އެވެ.
ރާއްޖޭގެ އިސްލާމީ ޔުނިވާސިޓީ ގެ ލެކްޗަރާއެއް ކަމުގައިވާ ޑރ. ހަސަން އަލް ކުރްދީގެ އާއިލާ ވެސް ދިވެހީންގެ ދީލަތި އެހީތެރިކަމާއެކު ވަނީ ރާއްޖެ ގެނެސްފަ އެވެ. އެ އާއިލާ ރާއްޖެ ގެނައީ އިންސާނިއްޔަތަށްޓަކައި މަސައްކަތްކުރާ ރާއްޖޭގެ ޖަމިއްޔާއެއް ކަމަށްވާ އިންޓަނޭޝަނަލް އެއިޑް ކެމްޕެއިނުންނެވެ.
			"ނަސްރުގެ ދުވަސް ފާހަގަކުރަމުން އައީ ކަޓުގޮތަކަށް"
		
			ހެއިޑީގެ މި ހެދުމަށް ގިނަ ބައެއްގެ ސަމާލުކަން!
		
			ހުޅުމާލެ ވަކި ސިޓީއެއްގެ ގޮތުގަ ހެދުމަށް ގޮވާލާ އަޑުތައް ގަދަވަނީ
		
								
								