އެކުވެރި އަރަބި އިމާރާތުގެ ވެރިކަންކުރާ އަބޫދާބީގެ ހޮސްޕިޓަލަކުން ރޮބޮޓެއްގެ އެހީއާއެކު ބަލި މީހެއްގެ ކާމިޔާބު ސާޖަރީއެއް ކޮށްފި އެވެ.
ޝެއިހް ޝެހްބޫތު މެޑިކަލް ސިޓީގައި 30 އަހަރުގެ އެ ބަލިމީހާ އެނދުމަތި ކުރެވުނީ ބައިލް ޑަކްޓްއަށް ލިބުނު އަނިޔާއަކާ ގުޅިގެންނެވެ.
މިފަދަ އަނިޔާތަކަކީ އާއްމުކޮށް ބަނޑުގައި ހުންނަ "ގޯލް ސްޓޯންސް" ނަގަން ކުރެވޭ އޮޕަރޭޝަންއެއްގެ ސައިޑް އެފެކްޓެއްގެ ގޮތުގައި ކުރިމަތިވާ ކަމެކެވެ.
އެ ހޮސްޕިޓަލުގެ ޑޮކްޓަރުން ވަނީ އެންމެ ފަހުގެ ރޮބޮޓިކް ސާޖަރީ ސިސްޓަމްއެއް ބޭނުންކޮށްގެން މިނިމަމް އިންވޭސިވް ސާޖަރީއަކާއެކު ބަލިމީހާގެ ބައިލް ޑަކްޓް ރަނގަޅުކޮށްފަ އެވެ.
މާ ބޮޑު އުނދަގުލެއް ނެތި ކުރެވުނު އެ ސާޖަރީގެ ތިން ދުވަސް ފަހުން އޭނާ ހޮސްޕިޓަލުން ދޫކޮށްލިއިރު ހާލު ރަނގަޅު ކަމަށް ހަބަރުތައް ބުނެ އެވެ.
ޓެކްނޮލޮޖީއާއެކު ސިއްހީ ހިދުމަތަށް އިންގިލާބީ ބޮޑު ބަދަލުތަކެއް އަންނައިރު ކުރިއަށް އޮތް ތަނުގައި އިންސާނުންނާ ނުލާވެސް ސާޖަރީތައް ކުރެވޭނެ ކަމަށް ބެލެވެ އެވެ.
ސައޫދީގައި މުއްސަނދި ބޭރު މީހުންނަށް ރާ ހުއްދަކުރަނީ
އެމެރިކާ އާއި އީރާންގެ މައްސަލަ ހައްލުކުރަން ތުރުކީން ފަށައިފި
"ދުރަންދަރް 2"ގައި ރަންވީރު ނުކުންނާނީ ބަދަލު ހިފަން!