އިންޑޮނޭޝިއާގެ ގުނުންގް ލިއުސާ ނެޝަނަލް ޕާކްގައި ދިރިއުޅޭ ރާމަމަކުނުގެ ވައްތަރެއް ކަމަށްވާ އޮރަންގްއުޓާން، އޭތީގެ ފާރުގަނޑުގައި އެޅުމަށް އަމިއްލައަށް ބޭހެއް ހަދައިފި އެވެ.

"ރާކުސް" ނަމަކަށް ކިޔާ މިއޮރަންގްއުޓާން ބޭސްކުރާ ތަން ފެނިފައި ވަނީ، އެ ޕާކްގައި ޖަނަވާރުންގެ ދިރިއުޅުން ތަހުލީލުކުރަން އުޅުނު ސައިންޓިސްޓުންތަކަކަށެވެ. އެ މީހުން ބުނިގޮތުގައި ރާކުސް ބޭސްހަދާކަން އެ މީހުންނަށް ޔަގީން ކުރެވުނީ އޭތި އާންމުކޮށް ކައިނޫޅޭ ފަތްޕިލާވެލީގެ ބާވަތެއް އަނގަޔަށްލާ، ހަފާ ޗިސްކޮށް އޭތީގެ މޫނުމަތީގަ އިން ރޯ ފާރުގަނޑެއްގައި ގަވައިދުން އަޅާތަން ފެނުމުންނެވެ.

އެފަތަކީ ދުޅަ ފިލިވުމަށާއި ޖަރާސީމުން ރައްކާތެރިކޮށްދިނުމަށް އެހީވެދޭ ބާވަތެކެވެ. އަދި މެލޭރިއާއަށާއި ހަކުރުބައްޔަށް ބޭސްކުރުމަށް އިންޑޮނޭޝިއާގެ ރަށްފުށު ހިސާބުގަ ބޭނުންކުރެވޭ ފަތެކެވެ.

އެ ތަހުލީލު ކުރި ސައެންޓިސްޓުންނަށް ފާހަގަވި އަނެއް ކަމަކީ ބޭސްކުރަމުން ގިނަ ވަގުތު އޭތި އަރާމުކުރިކަމެވެ. ރާކުސްގެ މޫނަށް އަނިޔާވެ ބޮޑު ފާރުގަނޑެއް ހެދުނީ އެހެން އޮރަންގްއުޓާން އަކާ އެކު ހިނގި ތަޅާފޮޅުމަކަށް ފަހު އެވެ.