މިހާރު ދުނިޔޭގެ އެންމެ މުއްސަނދި އާއިލާގެ ގޮތުގައި ބެލެވެނީ ޔޫއޭއީގެ ނަހްޔާން އާއިލާ އެވެ.

މުޅި ގަލްފްގައި އެންމެ ބާރުގަދަ އަދި އެންމެ ނުފޫޒުގަދަ އާއިލާ އަކީ ވެސް މި އާއިލާ އެވެ.

ޔޫއޭއީގެ ރައީސަކީ އަދި އަބޫދާބީގެ ވެރިޔާ އަކީ ވެސް ނަހްޔާ އާއިލާގެ ޝެއިޚް މުހައްމަދު ބިން ޒައިދް އަލް ނަހްޔާން އެވެ. އޭނާގެ ނުވަ ދަރިންނާއި 18 ކާފަ ދަރިން ތިބެ އެވެ. އެ އާއިލާ ކުރާ ވައިގެ ދަތުރުތަކަށް ޚާއްސަ އަށް މަތިންދާ ބޯޓު އޮވެ އެވެ. އެއްގަމު ދަތުރު ފަތުރަށް 700 ކާރު އޮވެ އެވެ. އަދި ދުނިޔޭގެ އެންމެ އަގުބޮޑު ތިން ޔޮޓު ވެސް މިލްކް ވަނީ މި އާއިލާއަށެވެ.

މަޝްހޫރު ފުޓުބޯޅަ ކްލަބްތަކުގެ ތެރޭގައި ހިމެނޭ މެންޗެސްޓާ ސިޓީ، މުމްބާއި ސިޓީ، މެލްބޯން ސިޓީ އަދި ނިއުޔޯކް ސިޓީ ވެސް ކޮންޓްރޯލް ކުރަނީ ނަހްޔާ އާއިލާ އިންނެވެ. މައިކްރޯ ސޮފްޓްގެ ވެރިޔާ ބިލް ގޭޓްސް އާއި އެމޭޒަންގެ ވެރިޔާ ޖެފް ބެޒޮސްގެ މިލްކިޔާތު އެއްކޮށްލުމުން ވެސް ނަހްޔާންގެ އާއިލާގެ މިލްކިއްޔާތާ އަރާ ހަމަނުކުރެވެ އެވެ.