ފިތުރު ޒަކާތުގެ ގޮތުގައި މި އަހަރު މާލެ ސިޓީން ދެއްކި ގޮވާމުގެ ބާވަތްތައް މިއަދު ބަހަން ފަށާނެ ކަމަށް މޯލްޑިވްސް ޒަކާތު ހައުސް އިން ބުނެފި އެވެ.

ޒަކާތު ހައުސް އިން ބުނީ މި އަހަރު ފިތުރު ޒަކާތުގެ ގޮތުގައި މާލެ ސިޓީން ބަލައިގަނެފައިވާ ގޮވާމުގެ ބާވަތްތައް ބެހުމުގެ މަސައްކަތް މިއަދުން ފެށިގެން އަމީނިއްޔާ ސްކޫލުގެ ހޯލުގައި ކުރިއަށްދާނެ ކަމަށެވެ.

މި ތަކެތި ބަހަން ހަމަޖެހިފައި ވަނީ މާލޭގެ ފަގީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ މީހުންނަށެވެ.

ފިތުރު ޒަކާތުގެ ގޮތުގައި ލިބިފައިވާ ގޮވާމުގެ ބާވަތްތައް ބެހުމަށް ހަމަޖެހިފައިވަނީ މިއަދާއި މާދަމާ އެވެ.

ފިތުރު ޒަކާތުގެ ގޮތުގައި ލިބިފައިވާ ގޮވާމުގެ ބާވަތްތައް ބެހުން ކުރިއަށް ދާނީ މިއަދު ހެނދުނު 11:00 އިން ހަވީރު 4:00 އަށް އަދި ރޭގަނޑު 8:30 އިން 10:30 އަށެވެ. މާދަމާ ތަކެތި ބެހުން ކުރިއަށް ދާނީ ހެނދުނު 11:00 އިން ހަވީރު 3:30 އަށް އަދި ރޭގަނޑު 8:30 އިން 10:30 އަށެވެ.