ރަމަޟާން މަސް ދެބައިވެ ފަހު ފަނަރައިގެ ދުވަސްތައް ގުނަމުންދާއިރު، މިހާރު އެންމެ ގިނައިން އަޑުއިވޭ އެއް ވާހަކައަކީ އާއިލާއާއި ރައްޓެހިންގެ ރޯދަ ވީއްލުންތަކުގެ ވާހަކަ އެވެ.
އާއިލާއާއި ރަހުމަތްތެރިން އެއްވެ އެންމެން އެކުގައި ރޯދަ ވީއްލުންތައް ބާއްވަމުން އަންނައިރު ބައެއް މީހުން އަންނަނީ އެ ނަސީބު އަދި ލިބިފައި ނެތުމުން ޝަކުވާ ވެސް ކުރަމުންނެވެ.
އެ ގޮތުން ސޯޝަލް މީޑިއާގައި މިހާރު އެންމެ ބޮޑަށް ދައުރުވާ އެއް ޕޯސްޓަކީ ރަމަޟާން މަސް ދެބައި ވީއިރުވެސް ރޯދަ ވީއްލުމަކަށް ދައުވަތު ދޭނެ މީހަކު ނުވި ކަމަށް ބުނާ ޕޯސްޓުތަކެކެވެ.
މި ފަދަ ޕޯސްޓުތަކަކީ މަޖަލަކަށް މީހުން ހިއްސާކުރާ ޕޯސްޓުތަކެއް ނަމަވެސް އެއިން ޕޯސްޓެއް ފެނުމާއެކު އެ މީހަކަށް ދައުވަތު ދޭން ހިތާ ހިތުން ސުވާލު ކުރެވެ އެވެ.
ކޮންމެއަކަސް ރަމަޟާން މަހަކީ އެމަހުގެ ރޫހާއި އުފާވެރިކަން އަޚުންނާއި އުޚްތުންގެ މެދުގައި އާލާކުރަން އޮތް މަހެކެވެ. އެ މަހުގައި ގުޅުންތައް ވަރުގަދަ ކުރަން ބާރުއަޅުއްވާފައިވެ އެވެ.
ވީއިރު ގާތް ތިމާގެ މީހުންނާއި ރަހުމަތްތެރިންނާއި އަވަށްޓެރިން ތިބާގެ އުފަލުގައި ބައިވެރިކޮށް ރޯދަ ވީއްލުމަކަށް ދައުވަތު ދިނުމަކީ ނެތް ކަމެއް ނޫނެވެ. އެއީ ކިތަންމެ ނިކަމެތި މީހާއަށް ވެސް އެމީހެއްގެ ފެންވަރުން ކުރެވޭނެ ކަމެކެވެ.
ރާއްޖެ އިޝްތިހާރުކުރަން ޔޫނިއަންޕޭއާއެކު ވެސް އެއްބަސްވުމެއް
ދައުލަތުގެ މާލީ އެހީދޭ އުސޫލަށް މީޑިއާތަކުގެ މަޝްވަރާ ހޯދަނީ
ފޭކް ޓީޓީ ފޮނުވައިގެން ލަނޑުދިން މީހާ 109 އަހަރަށް ޖަލަށް