ރޯދަވީއްލުމަށްފަހު އާދަޔާޚިލާފަށް ވަރުބަލިވެ، ނިދިއައިސް އެހެން މަސައްކަތެއް ކުރަން އުނދަގޫވާކަމީ ވަރަށް ގިނަ މީހުންގެ ޝަކުވާ އެކެވެ.
މުޅި ދުވާލު ރޯދައަށް ހުރުމަށްފަހު ރޯދަ ވީއްލާ ގަޑީގައި ކާން ފެށުމުން ހަޖަމުކުރާބައިގެ މަސައްކަތަށް ގިނަ އަދަދަކަށް ހަށިގަނޑުގެ ލޭ ބޭނުންކުރެ އެވެ. މިވަގުތުގައި ސިކުނޑިއާއި ހަށިގަނޑުގެ އެހެނިހެން ގުނަވަންތަކުގެ މަސައްކަތަށް ބޭނުންވާ ލޭގެ މިންވަރު ހުންނަނީ މަދުކޮށެވެ.
އެގަޑީގައި ގިނައިން ކާނަމަ، ލޭގައި ހުންނަ ހަކުރުގެ މިންވަރު ވެސް އިތުރުވެ އެވެ. ހަކުރުގެ މިންވަރު އިތުރުވާއިރަށް ވަކި ކޮންޓްރޯލްއެއްގައި ހަކުރު ބެހެއްޓުމަށް އިންސިއުލިން ހަރަކާތްތެރިވެ އެވެ. އަދި ސިކުނޑިން ސިރޯޓެނިން އުފައްދަން ފަށަ އެވެ. ނިދި އަންނަނީ މިސަބަބާ ހުރެ އެވެ. ގިނައިންކާ ނަމަ ސެރޯޓެނިންގެ މިންވަރު އިތުރުވެ އެވެ.
ރޯދަ ވީއްލުމަށްފަހު ވެރިވާ ވަރުބަލިކަމާއި ނިދިއައުން ހުއްޓުވުމަށް ސިއްހީ މާހިރުން ލަފާދެއްވަނީ މަދުން އަދި ލަސްލަހުން ކެއުމަށެވެ.
ހިޔާ ރޯދީގަ ރޯވުމުގެ ކުރިން އެގެއަށް މީހަކު ވަންނަ ވީޑިއޯއެއް!
2027 ގެ އީދުގައި ސަލްމާންގެ ފިލްމެއް؟
ރަންވީރުގެ "ދުރަންދަރް 2"އަށް ރެކޯޑް ކާމިޔާބީއެއް!