ރަމަޟާން މަހަކީ އަހަރު ތެރޭގައި މުސްލިމުންނަށް އަންނަ އެންމެ ހާއްސަ އެއް މައްސަރެވެ. މުސްލިމުންގެ ތެރޭގައި ރަމަޟާން މަހުގެ ރޫހާނީވަންތަކަން އިހުސާސް ކުރެވޭއިރު އެކަމުގައި ބައިވެރިވާ ޣައިރު މުސްލިމުންގެ އަަދަދުވެސް އަންނަނީ އިތުރު ވަމުންނެވެ.

އިރާގަކީ މުސްލިމުންގެ މެޖޯރިޓީ އޮންނަ ގައުމެއް ނަމަވެސް އެ ގައުމުގެ ކުޑަ އިންސައްތައެއް ނަމަވެސް އެހެން ދީންތަކަށް އަޅުކަން ކުރެ އެވެ. އޭގެ ތެރެއިން އަކަކަކީ ބަޣްދާދުގައި ދިރިއުޅޭ ޚޮލޫދް ހަރްދޫމް އެވެ.

ހަރްދޫމް ބުނީ އޭނާގެ ގައުމަކީ މުސްލިމުން ގިނަ ގައުމެއް ނަމަވެސް އޭނާ ފަދަ ޣައިރު މުސްލިމުންނަށް ވެސް މުސްލިމުންގެ މުނާސަބަތުތަކަކީ ހާއްސަ މުނާސަބަތުތަކެއް ކަމަށެވެ.

"ހުރިހާ ކަމަކީ ދީނީ ގޮތުން ކުރަންޖެހޭ ކަންކަމެއް ނޫން،" ހަރުދޫމް ބުންޏެވެ.

އިރާގުގެ ގިނަ މުސްލިމުންތަކެއް ރަމަޟާން މަހުގެ ރޯދަ ހިފުމަކީ އާއްމު ކަމެއް ކަމަށާއި އެއީ އެކަމުގެ ސިއްހީ ފައިދާތަކަކަށްޓަކައި ކުރާ ކަމެއް ކަމަށް ވެސް ހަރުދޫމް ބުންޏެވެ.

މީގެ އިތުރުން ރަމަޟާން މަހުގެ އާއްމު ރޯދަ ވީއްލުންތަކުގައި ޣައިރު މުސްލިމުން ވެސް ބައިވެރިވާކަން އޭނާ ފާހަގަ ކުރެ އެވެ. އެގޮތުން ނާސާރާއިންނާއި ޔަހޫދީން ވެސް ރޯދަ ވީއްލާ ގަޑިއަށް ކެއުންތައް ތައްޔާރުކޮށް މުސްލިމުންނަށް ހަދިޔާކުރާކަން އޭނާ ފާހަގަ ކުރެ އެވެ.

އިރާގުގެ އިތުރުން މެދު އިރުމަތީގެ އެހެން ގައުމުތަކުގައި ވެސް ރަމަޟާން މަހުގެ ކަންކަމުގައި ޣައިރު މުސްލިމުން ބައިވެރިވާ މިންވަރު އިތުރުވަމުން އަންނަ ކަމަށް ހަރުދޫމް ބުނެ އެވެ.