މޯލްޑިވިއަންގެ ހާއްސަ ފެއާތަކަށް އިތުރު މަންޒިލްތަކެއް ހިމަނައިފި އެވެ.
ވައިގެ ދަތުރުފަތުރުގެ ހިދުމަތް ދޭ ސަރުކާރުގެ ކުންފުނިން ބުނީ އެތެރޭގެ މަންޒިލްތަކަށް މިމަހުގެ 17 އިން ފެށިގެން ޚާއްްސަ ފެއާތަކުގައި ޓިކެޓް ގަނެވޭނެ ކަމަށެވެ. މިފެއާތަކުގެ ޓިކެޓް ވަކި ފްލައިޓްތަކުންނެވެ.
ހާއްސަ ފެއާގައި ޓިކެޓް ވިއްކާ އަގުތައް:
- ސ. ގަމަށް އެއްކޮޅަށް 1،222ރ.
 - ފުވައްމުލައް 1،155ރ.
 - ކާޑެއްދޫ 1،333ރ.
 - މާވާރުލު 1،333ރ.
 - ފަރެސްމާތޮޑާ 1،333ރ
 - ކޫއްޑޫ 1،111 ރ.
 - ކައްދޫ 1،055ރ.
 - ތިމަރަފުށި 1،111ރ.
 - މާފަރު 999ރ.
 - އިފުރު 999ރ.
 - ފުނަދޫ 1،055ރ.
 - ކުޅުދުއްފުށި 1،111ރ.
 - ހޯރަފުށި 1،133ރ.
 - ހަނިމާދުއަށް 1،111ރ.
 
މޯލްޑިވިއަން އިން ބުނީ މި ހާއްސަ ފެއާތަކުގައި ދަތުރުކުރާ މީހުންނަށް އަގުހެޔޮކޮށް، ފަސޭހަކަމާއެކު ރާއްޖޭގެ އެތެރޭގެ ހުރިހާ މަންޒިލްތަކަށް ދަތުރުކުރުމުގެ ފުރުސަތު ފަހިވެގެންދާނެ ކަމަށެވެ. އަދި މިފެއާތަކުގައި ޓިކެޓް ލިބޭނީ އެކުންފުނީގެ ވެބްސައިޓް www.maldivian.aero އަދި މޯބައިލްް އެޕްލިކޭޝަން މެދުވެރިކޮށް ކަމަށް އެ ކުންފުނިން ބުނެ އެވެ.
"ކުރިއާލައި ޓިކެޓް ބައްލަވައި ގަންނަވާ ފަރާތްތަކަށް މިފެއާތަކުގައި ޓިކެޓް ލިބިވަޑައިގަތުމުގެ ފުރުސަތު ބޮޑުވާނެ ވާހަކަ ފާހަގަކޮށްލަން. ހަމަ އެހެންމެ ޚާއްސަ ފެއާތަކެއް ދަރަވަންދޫ އާއި މަޑިވަރަށް މިހާރު ވެސް ލިބިވަޑައިގަންނަވާނެ،" މޯލްޑިވިއަން އިން ބުންޏެވެ. "މޯލްޑިވިއަންގެ އަމާޒަކީ ކުންފުނިން ޚިދުމަތް ފޯރުކޮށްދޭ ހުރިހާ މަންޒިލްތަކަކަށް ރައްކާތެރިކަމާއި، އިތުބާރާއެކު އޯގާތެރި ޚިދުމަތެއް ފޯރުކޮށްދިނުން."
			ޝަހީދުންގެ ޝަރަފުގަ ދިދަ ވިހުރުވުން ހަރަކާތް ކުރިޔަށް ގެންގޮސްފި
		
			ލަންކާ އާއި ރާއްޖެއާ ދެމެދު ފެރީގެ ހިދުމަތް ފަށަން މަޝްވަރާކޮށްފި