އެގްރިކަލްޗާ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ހުސައިން އިސްމާއިލް މަގާމުން ވަކިކޮށްފި އެވެ.
މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ނައިބް ރައީސެއްގެ ގޮތުގައި ހުންނެވި ހުސައިން އިސްމާއީލް މަގާމުން ވަކިކުރައްވާފައި ވަނީ ރޭގެ ވަގުތެއްގަ އެވެ. ނަމަވެސް ވަކިކުރެއްވި ވަކި ސަބަބެއް ސަރުކާރުން ހާމަކޮށްފައެއް ނުވެ އެވެ.
އެގްރިކަލްޗާ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ކަމަށް ހުސެއިން އިސްމާއިލް އައްޔަނު ކުރެއްވީ މިދިޔަ މަހުގެ 19 ވަނަ ދުވަހު އެވެ.
އޭނާ އެ މަގާމުން ވަކިކުރި ނަމަވެސް އެ މިނިސްޓްރީގައި އިތުރު ދެ ސްޓޭޓް މިނިސްޓަރުން ތިއްބަވަ އެވެ. އެއީ މަރްޔަމް ވިޝާމާ އަހުމަދު އާއި އަހުމަދު ހަސަންދީދީ އެވެ.
މީގެ އިތުރުން ތިން ޑެޕިއުޓީ މިނިސްޓަރުން ވެސް އެ މިނިސްޓްރީގައި އެބަތިއްބެވެ.
މި ޗުއްޓީގައި ދާނެ ތަނެއް ނިންމައިފިންތަ؟
ހުޅުމާލެ 2 ގައި އަލަށް ދެ އޭޓީއެމް ސެންޓަރު ހުޅުވައިފި
ދައުލަތުގެ މާލީ އެހީދޭ އުސޫލަށް މީޑިއާތަކުގެ މަޝްވަރާ ހޯދަނީ