އިޓާލިއަން ކަޕްގެ ސެމީ ފައިނަލްގެ ދެވަނަ ލެގުގަައި ރޭ އިންޓަ މިލާނާއި ޔުވެންޓަސް ބައްދަލުުކުރި މެޗު ލަނޑެއް ނުޖެހި އެއްވަރުވެ، އެގްރިގޭޓް ނަތީޖާ އިން ޔުވެންޓަސް ފައިނަލަށް ދަތުރުކޮށްފި އެވެ.
އިންޓާގެ ދަނޑުގައި ރޭ ކުޅުނު މެޗު ލަނޑެއް ނުޖެހި އެއްވަރުުމާއެކު، އެގްރިގޭޓުން ޔުވެންޓަސް އަށް ކުރި ލިބުނީ 2-1 އިންނެވެ.
ރޭގެ މެޗުގައި އިންޓާގެ ރޮމެއޫ ލުކާކޫ އާއި އަޗްރަފް ހަކީމީ އަށް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތެއް ލިބުނެވެ. އަނެއްކޮޅުން، ޔުވެންޓަސްގެ ކްރިސްޓިއާނޯ ރޮނާލްޑޯގެ ދެ ހަމަލާއެއް އިންޓަގެ ގޯލްކީޕަރު ސާމިރު ހަންޑަނޮވިޗް ވަނީ ދިފާއުކޮށްފަ އެވެ.
މުބާރާތުގެ ފައިނަލްގައި ޔުވެންޓަސްއާ ދެކޮޅަށް ނުކުންނާނީ މިރޭ އެޓަލާންޓާ އާއި އެންމެ ފަހުގެ ޗެމްޕިއަން ނަޕޯލީ ކުޅޭ ދެވަނަ ސެމީ ފައިނަލުން މޮޅުވާ ޓީމެކެވެ. މި ދެ ޓީމު ބައްދަލުކުރި ސެމީގެ ފުރަތަމަ ލެގު ނިމުނީ ލަނޑެއް ނުޖެހި އެއްވަރުވެގެނެވެ.
މިދިޔަ އަހަރުގެ އިޓާލިއަން ކަޕްގެ ނަޕޯލީ ކާމިޔާބުކުރީ ފައިނަލްގައި ޔުވެންޓަސް ބަލިކޮށްގެނެވެ. – ބީބީސީ
ހެނދުނު ހޭލުމަށްފަހު ނިދި ފިލުވާލަން ކޮފީ ނޫން ގޮތެއް!
ހުސްފަޔާ ހިނގުން: ދުޅަހެޔޮ ސިއްހަތަކަށް އޮތް ސިއްރެއް!
"ސްޕައިޑަ-މޭން: އަ ބްރޭންޑް ނިއު ޑޭ"އަށް 1 ބިލިއަން ޑޮލަރު!