ކަސްރަތުކުރުމަކީ ސިއްހަތަށް ފައިދާހުރި ކަމެއް ކަމާމެދު ޝައްކެއް ނެތެވެ. ކަސްރަތުކުރުމަށް އެކި މީހުން އެކި ވަގުތު ޚިޔާރު ކުރާއިރު ކަސްރަތު ކުރުމަށް އެންމެ ރަނގަޅު ވަގުތަކީ ހެނދުނުގެ ނާސްތާގެ ކުރިންކަން އެންމެ ފަހުގެ ދިރާސާތަކުން ދައްކަ އެވެ. އެކަމުގެ ސަބަބުތަކަށް ތިރީގައި ބަލާލާނަމެވެ.
ގިނައިން ސަރުބީ ވިރުވައި ދިނުން
ހަށިގަނޑުން ސަރުބީ ވިރުވުމަކީ ކަސްރަތުކުރާ ގިނަ ބައެއްގެ އަމާޒެކެވެ. ހައިބަނޑާ ހުރެ ކަސްރަތުކުރާ ނަމަ ސަރުބާ ވިރުން އިތުރުކޮށްދޭ ކަމަށް މާހިރުން ބުނެ އެވެ. 2015 ވަނަ އަހަރު ހެދި ދިރާސާއަކުން ދައްކާ ގޮތުގައި ހެނދުނުގެ ނާސްތާގެ ކުރިން ކަސްރަތުކުރާ މީހުންގެ ހަށިގަނޑުން ސަރުބީ ވިރުވައިދޭ މިންވަރު އެހެން ވަގުތުތަކުގައި ކަސްރަތުކުރާ މީހުންނަށް ވުރެ ދެގުނަ އިތުރެވެ.
ނިދި ރަނގަޅުވުން
ހަވީރު ނުވަތަ ރޭގަނޑުގެ ވަގުތުގައި ކަސްރަތު ކުރާނަމަ ކަސްރަތު ސެޝަނުން އަރައިގަތުމަށް ހަށިގަނޑަށް ވަގުތު ނުލިބި ނިދާ ވަގުތު ޖެހެ އެވެ. ނަތީޖާއަކަށް ވަނީ ނިދުމަށް އުނދަގޫވެ، ރޭގަނޑުގެ ހަމަ ނިދި ނުލިބުމެވެ. އޭގެ ބަދަލުގައި ހެނދުނު ކަސްރަތު ކުރާނަމަ ހަށިގަނޑު ހަމަޖެހިލުމަށް ފުރުސަތު ލިބި ނިދި ރަނގަޅުވެ އެވެ.
ކަންކަމަށް ދޭ ސަމާލުކަން އިތުރުވުން
ހެނދުނުގެ ވަގުތުގައި ކަސްރަތުކުރުމުން ހަށިގަނޑުގައި ހުންނަ ކޯޓިސޯލްގެ މިންވަރު ދަށްކޮށްދީ ކަންކަމަށް ދޭ ސަމާލުކަން އިތުރުވުމަށް މަގުފަހި ކޮށްދެ އެވެ. އެހެންކަމުން ހެނދުނު ކަސްރަތުކުރުމަކީ ވަޒީފާގެ މާހައުލުގައި ކުރާ މަސައްކަތުގެ ފެންވަރު ރަނގަޅުކޮށްދޭ ކަމެކެވެ.
 އާއްޓޭ އާއި މުއާޒު ވެސް ޝަރީއަތް ނިމެންދެން ބަންދުކޮށްފި
			އާއްޓޭ އާއި މުއާޒު ވެސް ޝަރީއަތް ނިމެންދެން ބަންދުކޮށްފި
		 ހަމާސްގެ އެއްވެސް ލީޑަރަކަށް ހިމާޔަތް ނުދެވޭނެ
			ހަމާސްގެ އެއްވެސް ލީޑަރަކަށް ހިމާޔަތް ނުދެވޭނެ
		 ތައިލެންޑުގެ އިންހެލާ ފުޅީގެ ބެޗެއް ތަޣައްޔަރުވެއްޖެ
			ތައިލެންޑުގެ އިންހެލާ ފުޅީގެ ބެޗެއް ތަޣައްޔަރުވެއްޖެ
		 
								
								 
					 
					 
					 
					 
					 
					 
					 
					 
					 
					