ނޭވާލާ ނިޒާމުގެ ބަލިތަކަކީ އަހަރުމެންގެ މެދުގައި އާއްމުވަމުން އަންނަ ބަލިތަކެވެ. މި ބަލިތަކުން ރައްކާތެރި ވުމަށްޓަކައި ކެއިންބުއިމުގެ ރަނގަޅު އާދަތަކުގެ އިތުރުން ކަސްރަތުގެ އެހީ ވެސް ހޯދިދާނެ އެވެ. މި ލިޔުމުގައި މި ބަލާލަނީ ފުއްޕާމޭގެ ސިއްހަތު ރަނގަޅު ކޮށްދޭ ކަސްރަތު ތަކަށެވެ<
ފުރަތަމަ ކަސްރަތެއްގެ ގޮތުގައި އޮތީ އަހަރުމެން އާއްމުކޮށް ކުރާ ކަމެކެވެ. އިށީންދެގެން ނުވަތަ އޮށޯވެގެން އޮވެ ނޭފަތް ބޭނުންކޮށްގެން މަޑުމަޑުން ނޭވާ އެތެރެއަށް ލާށެވެ. އަދި ފަސް ސިކުންތު ނޭވާ ހިފެހެއްޓުމަށްފަހު އަނގައިން ނޭވާ ބޭރަށް ލާށެވެ. ދޫކޮށްލާއިރު އަނގަ އެހާ ބޮޑަށް ހޮޅުވައިގެން ނުވާނެ އެވެ. މިކަސްރަތު ކުރާއިރު ލޯ މަރައިގެން ކުރާނަމަ ރަނގަޅަށް ކުރެވުމުގެ ފުރުސަތު ބޮޑެވެ.
ޔޯގާ އަކީ ވެސް ފުއްޕާމޭގެ ހިނގުމަށް އެހީވެދޭ ކަމެއްދެވަނަ ކަސްރަތެއްގެ ގޮތުގައި ހިންދެމިލައިގެން ތަނެއްގައި އިށީންދެ އިނދެ މަޑުމަޑުން ފުން ނޭވާލާށެވެ. އަދި ހަމަޖެހިލައިގެން އިނދެ ނޭވާ ބޭރު ކުރާށެވެ. މިގޮތަށް ހަތަރެއް ނުވަތަ ފަސް ފަހަރު ތަކުރާރު ކުރާށެވެ.
ތިންވަނައަށް އޮތީ އަނގައިން ނޭވާލުމެވެ. އަނގަ ހުޅުވައިގެން ނޭވާލުމުން ފުއްޕާމޭ ތެރޭގައި ހުންނަ އިތުރު އަރިދަފުސް ހަށިގަނޑުން ބޭރުވުމަށް އެހީވެދެ އެވެ. މި ކަސްރަތުގައި ބޭރަށް ނޭވާ ލާން ވާނީ ކުއްލިއަކަށް ވަރަށް އަވަހަށެވެ.
ރަނގަޅަށް މި ކަސްރަތުތައް ކުރެވިއްޖެ ނަމަ ފުއްޕާމޭގެ ސިއްހަތު ކުރިއަށްވުރެ ރަނގަޅުވާނެ އެވެ.
 އާއްޓޭ އާއި މުއާޒު ވެސް ޝަރީއަތް ނިމެންދެން ބަންދުކޮށްފި
			އާއްޓޭ އާއި މުއާޒު ވެސް ޝަރީއަތް ނިމެންދެން ބަންދުކޮށްފި
		 މާލެއިން ހިލޭ ގޯތި ދިނުމުން މެންބަރު ހުސެންބެގެ ކަންބޮޑުވުން
			މާލެއިން ހިލޭ ގޯތި ދިނުމުން މެންބަރު ހުސެންބެގެ ކަންބޮޑުވުން
		 އުމުރު ފޮރުވަން މަލައިކާ ދޮގު ހެދިކަން ފަޅާ އަރައިފި
			އުމުރު ފޮރުވަން މަލައިކާ ދޮގު ހެދިކަން ފަޅާ އަރައިފި
		 
					 
					 
					 
					 
					 
					 
					 
					 
					 
					