ހެނދުނު ހޭލާ ގޮތަށް ބައެއް މީހުން އެންމެ ފުރަތަމަ ވެސް ބޭނުންވާ އެކައްޗަކީ ކޮފީއެކެވެ. މިއީ ގިނަ ބައެއްގެ ހެނދުނުގެ އާދަ އެވެ.
ނަމަވެސް އޭގެ ބަދަލުގައި ހޫނު ނުވަތަ ތާފަނާ ފެން ތަށްޓެއް އެންމެ ފުރަތަމަ ބޯލާށެެވެ. މިއީ ވަރަށް ފައިދާ ހުރި ކަމެކެވެ.
ޑޮކްޓަރުން އިރުޝާދު ދޭ ގޮތުގައި ކޮންމެ ދުވަހަކު ހެނދުނު ހޫނު ފެން ނުވަތަ ތާފަނާ ފެން ބުއިމަކީ ހަށިގަނޑަށް ވަރަށް ރަނގަޅު ކަމެކެވެ.
.ހެނދުނު ހޫނު ފެން ބޯ ނަމަ، ވައިގެ އުނދަގޫ ކުރިމަތިވާ މީހުންގެ ބަނޑަށް ފަސޭހަވާނެ އެވެ. އަދި މުޅި ދުވަހު ބަނޑަށް އުނދަގޫވެ ނުވަތަ ބަނޑު ފުއްޕުމުން ދުރުކޮށްދެ އެވެ.
އޭގެއިތުރުން ހަންގަނޑު ސާފުވުމާއި މީހާގެ ކެއުމުގެ އާދަތަކަށް ރަނގަޅު ބަދަލު ގެނައުމަށްވެސް ހޫނު ފެން އެހީތެރިވާ ކަމަށް ޑޮކްޓަރުން ބުނެ އެވެ.
ހޫނު ފެން ބޯއިރު އެއް ފަހަރުން ބޯން އުނދަގޫ ނޫން ހޫނުމިނެއްގައި ބޯން ސަމާލުވާން ވާނެ އެވެ. ނުވަތަ ތާފަނާކޮށެވެ. އެހެން ނޫންނަމަ ދޫ ފިހި އިތުރު ތަކުލީފެއް ޖެހިދާނެ އެވެ.
 މުސްލިމުން ބަދުނާމު ކުރާތީ އިމްރާންގެ ފިލްމަށް ފާޑުކިޔަނީ!
			މުސްލިމުން ބަދުނާމު ކުރާތީ އިމްރާންގެ ފިލްމަށް ފާޑުކިޔަނީ!
		 އާއްޓޭ އާއި މުއާޒު ވެސް ޝަރީއަތް ނިމެންދެން ބަންދުކޮށްފި
			އާއްޓޭ އާއި މުއާޒު ވެސް ޝަރީއަތް ނިމެންދެން ބަންދުކޮށްފި
		 ރޭސްގައި އިޔާދަކުރަނިވި ހަކަތަ ބޭނުންކޮށްގެން އާ ލަނޑުދަނޑިއެއް
			ރޭސްގައި އިޔާދަކުރަނިވި ހަކަތަ ބޭނުންކޮށްގެން އާ ލަނޑުދަނޑިއެއް
		 
								
								 
					 
					 
					 
					 
					 
					 
					 
					 
					 
					