ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭތާ ހަތް އަހަރުވެފައިވާ ބިދޭސީއަކު މަސްތުވާތަކެތީގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފި އެވެ.
މަސްތުވާތަކެތި ބޭނުންކޮށް ގެންގުޅެ އެތަކެތީގެ ވިޔަފާރިކުރުމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވަނީ ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ އުމުރުން 27 އަހަރު އެމްޑީ ބިއްދުތް ހޮސައިން ކިޔާ މީހެކެވެ.
ކްރިމިނަލް ކޯޓުން އިއްޔެ ވަނީ އޭނާގެ ބަންދަށް 15 ދުވަސް ޖަހައިފަ އެވެ. މި މައްސަލާގައި ފުލުހުން އޭނާއާ ދެކޮޅަށް ކޯޓަށް ހުށަަހަޅާފައިވާ ހެކިތަކުގެ ތެރޭގައި އިންޓެލިޖެންސް ރިޕޯޓާއި އޭނާގެ ކުޑަކަމުދާތަކެތީގެ ތަހުލީލު ރިޕޯޓާއި ފެނިފައިވާ މަސްތުވާތަކެތީގެ ސޯކޯ ރިޕޯޓާއި އޭނާގެ އިނގިލީގެ ނިޝާން ކުށުގެ ވެށިން ނެގިފައިވާ އެވިޑެންސްއިން ދިމާވެފައިވާކަމުގެ ނޯޓިސްއާއި ތަހުގީގަށް އޭނާ ދީފައިވާ ބަޔާން ހިމެނެއެވެ.
އޭނާގެ ކުޑަކަމުދާތަކެތި ވަނީ ޓީއެޗްސީ އަދި ބެންޒޯއަށް ޕޮޒިޓިވްވެފަ އެވެ.
ކޯޓުގައި އޭނާ ބުނީ އޭނާ ލައްވައި މަސްތުވާތަކެތީގެ ވިޔަފާރިކުރުވާފައި ވަނީ އޭނާ ރަހީނުކޮށް މަޖުބޫރު ކުރުވައިގެން ކަމަށެވެ.
ފުލުހުން ކޯޓުގައި ބުނީ އޭނާ އަކީ 2017 އިން ފެށިގެން ރާއްޖޭގައި ގަވާއިދާ ހިލާފަށް ވޯކް ޕާމިޓެއްނެތި އުޅެމުންދާ މީހެއް ކަމަށެވެ.
ޓޭލާއާއި ޓްރެވިސްގެ ކައިވެނިން ތަރިންގެ ތަފާތު ފެނިލުންތަކެއް!
ސްރީލަންކާގެ ޖަލެއްގައި ހިނގި ހަމަނުޖެހުމެއްގައި 20 މީހުން މަރު
ކެންސަރުގެ ފޭކް އިންޖެކްޝަނަކީ ބަލި މީހަކު ބޭރުން ގެނައި އެއްޗެއް
