ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފް، ރިޕަބްލިކް އޮފް މޮންޓެނީގްރޯ އަށް ކުރައްވި ރަސްމީ ދަތުރުފުޅުގެ ހަރަދުތައް ހާމަކޮށްފި އެވެ.

ރައީސް އޮފީހުން ހާމަކޮށްފައިވާ މައުލޫމާތަށް ބަލާ އިރު، އެ ދަތުރުފުޅަށް ފަސް ލައްކަ އަށް ވުރެ ގިނަ ރުފިޔާ ވަނީ ހަރަދުކޮށްފަ އެވެ. ނައިބު ރައީސްގެ އެ ދަތުރުފުޅުގައި އެމަނިކުފާނާ އެކުގައި ފަސް ބޭފުޅުން ދަތުރު ކުރައްވާފައިވެ އެވެ.

ހަރަދުތަކުގެ ތަފްސީލް ބިޒްނަސް ކްލާސް ފަސް ޓިކެޓް- 492،746.10 ރުފިޔާ ފަސް ބޭފުޅުންގެ ޕޮކެޓް މަނީ - 64،638 ރުފިޔާ ފަސް ބޭފުޅުންގެ ފަރިއްކޮޅު (މޮންޓިނީގްރޯ) - 23،823.72 ރުފިޔާ ފަސް ބޭފުޅުންގެ ފަރިއްކޮޅު (އިސްތަންބުލް) - 7،895.07 ރުފިޔާ ވިސާ ހަރަދު - 633.76 ރުފިޔާ

ޖުމްލަ ހަރަދު: 589،736.65ރ.

ނައިބް ރައީސްގެ މި ދަތުރުފުޅުގެ ހަރަދު އާންމުކޮށްފައިވާއިރު، ރައީސް އަދި ނައިބް ރައީސް ކުރައްވާ ދަތުރުފުޅުތަކުގެ ތަފްސީލް، އެ ދަތުރުފުޅެއް ނިމޭތާ 15 ދުވަހުގެ ތެރޭގައި އާންމު ކުރެއްވުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅެކެވެ. ރައީސް އާއި ނައިބު ރައީސް މިހާތަނަށް ކުރެއްވި ހުރިހާ ދަތުރުފުޅެއްގެ ހަރަދުތައް ރައީސް އޮފީހުން ވަނީ ހާމަކޮށްފަ އެވެ.