ކުޅުދުއްފުށީ އެއާޕޯޓުގެ ޓާމިނަލް އިތުރަށް ބޮޑުކޮށް އަލުން ތަރައްގީކުރުމަށް ބަޔަކު ހޯދަން އިއުލާނުކޮށްފި އެވެ.
ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އާރްއޭސީއެލް) އިން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ ކުޅުދުއްފުށި އެއާޕޯޓުގެ ޓާމިނަލް އިތުރަށް ބޮޑުކޮށް އަލުންހަދާނެ ފަރާތެއް ހޯދުމަށް ބޭނުންވާ ކަމަށެވެ.
މި މަސައްކަތަށް ޝައުގުވެރިވާ ކޮންސްޓްރަކްޝަން ކުންފުނިތަކުން އެކްސްޕްރެޝަން އޮފް އިންޓަރެސްޓް (އީއޯއައި) ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 3 ވަނަ ދުވަހުން ފެށިގެން ހުޅުވާލާފައިވާ ކަމަށް އާރްއޭސީއެލްއިން ބުނެ އެވެ. އަދި މި މަސައްކަތް ކުރަންޖެހޭނީ އެ ކުންފުނިން ދޭ ކޮންސެޕްޓް ކުރެހުމާއި އެއްގޮތްވާ ގޮތުގެ މަތިން ކަމަށް ވެސް އިއުލާނުގައި ވަނީ ބުނެފަ އެވެ.
އާރްއޭސީއެލް އިން ބުނީ މި މަޝްރޫއުގެ ދަށުން 11،345 އަކަފޫޓުގެ ޕެސެންޖަރު ޓާމިނަލްއަކާއި، އެ ސަރަހައްދުގައި ޝޭޑިންއެއް ލުމަށާއި، މިވަގުތު ބޭނުންކުރެވެމުންދާ ޕެސެންޖަރު ޓާމިނަލްގެ ސްޓްރަކްޗާ އަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށާއި، އަދި ޕެސެންޖަރުންނަށް ދެވޭ ހިދުމަތްތައް ފުޅާކުރުމަށް ބޭނުންވާ އެހެނިހެން ތަންތަން ގާއިމްކުރަން ވެސް ހިމެނޭ ކަމަށެވެ.
ރީޖަނަލް އެއާޕޯޓްސް އިން ބުނީ މި މަޝަރޫއުގެ މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން މިމަހުގެ 9 ވަނަ ދުވަހުގެ ނިޔަލަށް އީއައިއޯއާ އެކު [email protected] އަށް ފޮނުވުމަށް އެދޭ ކަމަށެވެ. އަދި މި މަޝްރޫއަށް ކަނޑައަޅާފައިވާ ބިޑް ޑޮކިއުމަންޓް ދޫކުރާނީ ހަމަ އެކަނި ރެޖިސްޓަ ވެފައިވާ ފަރާތްތަކަކަށް ކަމަށް ވެސް ބުންޏެވެ.
އިންތިހާބުގެ ޓައިމްލައިން ކަނޑަނާޅާތީ އެމްޑީން ކަންބޮޑުވެއްޖެ
ބީއެމްއެލް އާއި މައިންޑްކޯ ގުޅިގެން އޭއައި ސެންޓަރެއް
"ދުރަންދަރް 2"ގައި ރަންވީރު ނުކުންނާނީ ބަދަލު ހިފަން!