މާތްވެގެންވާ މައްކާގެ ސަރަހައްދުން ރަނުގެ ހަޒާނާތަކެއް ފެނިފައިވާ ކަމަށް ސައުދީ އަރަބިއާގެ މައިނިން ކުންފުނި މާޑެންއިން ބުނެފި އެވެ.
މިހާރުވެސް ހިނގަމުން އަންނަ މަންސޫރާ މަސާރާ ގޯލްޑް މައިންގެ ކައިރިން 100 ކިލޯމީޓަރަށް ދެމިގެންދާ އިތުރު މައިންއެއް ފެނިފައިވަނީ ސައުދީގެ ހަޒާނާތައް ހޯދަން ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިންނެވެ.
ރިޕޯޓްތައް ބުނާ ގޮތުގައި އަލަށް މި ފެނުނު ރަނުގެ ހަޒާނާއާއެކު ސައުދީ އަރަބިއާގެ ރަނުގެ އުފެއްދުންތެރިކަން ބޮޑުތަނުން އިތުރުވެގެންދާނެ އެވެ.
މާޑެންގެ މެނޭޖްމަންޓުން ބުނީ އަލަށް ފެނުނު ހަޒާނާގެ ސަބަބުން އެ ކުންފުނީގެ މަސައްކަތްތައް ކުރިއެރުމަށް މަގުފަހި ވެގެންދާނެ ކަމަށެވެ.
މަންސޫރާ މަސާރާ ގޯލްޑް މައިންއަކީ ސައޫދީ އަރަބިއާގައި އެންމެ ގިނައިން ރަން އުފައްދާ މައިންއެވެ. އެ މައިންއިން 2022 ވަނަ އަހަރު 11000 އަށްވުރެ ގިނަ އައުންސްގެ ރަން ނަގާފައިވެ އެވެ.
ކަންބޮޑުވުން ފާޅުކުރުމުން އިންތިހާބުގެ ޓައިމްލައިން އާންމުކޮށްފި
އެޕްސްޓީންއާ ބައްދަލުކުރިއިރު، ތުހުމަތެއް ކުރެވޭކަމެއް ނޭނގެ
ދިވްޔާ މަރުވިއިރު ނުނިމި އޮތް ފިލްމުތަކަށް ވީ ކިހިނެއް؟