މާލޭގައި ހަދަމުން އަންނަ އިމާރާތެއްގެ މަތިން ހޮޅިދަނޑިއެއް ވެއްޓި މިރޭ މީހަކަށް އަނިޔާވެއްޖެ އެވެ.
ފުލުހުން ބުނީ މި ހާދިސާގައި އަނިޔާވި އަންހެން މީހާ އަށް އޭޑީކޭ ހޮސްޕިޓަލްގައި ފަރުވާ ދެމުން އަންނަ ކަމަށެވެ.
ރޯޝަނީ މަގުގައި ހުރި ހަދަމުންދާ އިމާރާތަކުން ހޮޅިދަނޑިއެއް ވެއްޓި, އަންހެނަކަށް އަނިޔާވެގެން އުޅޭ ކަމުގެ ރިޕޯޓު ފުލުހުންނަށް ކޮށްފައި ވަނީ މިރޭ 7:29 ހާއިރު ކަމަށް ފުލުހުން ބުންޏެވެ. ފުލުހުން ބުނި ގޮތުގައި މި ހާދިސާއާ ގުޅިގެން ބަލަން ޖެހޭ ކަންކަން މިހާރު ދަނީ ބަލަމުންނެވެ.
ހޮޅިދަނޑިއެއް ވެއްޓިފައި ވަނީ ސޯސަން މަގާއި ރޯޝަނީ މަގު ހިމެނޭހެން ހަދަމުންދާ ޓާޓާ ފްލެޓް އިމާރާތުގެ މަތިން ކަން އެނގިފައިވެ އެވެ.
ބީއެމްއެލްގެ ފޮރެކްސް އިންވެސްޓްމަންޓް ފައިދާ ޑޮލަރުން ދެނީ
އާންމުތަނެއްގައި ހިންދޫދީނުގެ އަޅުކަންކުރި މީހަކު ހައްޔަރުކޮށްފި
ކައިޒީން އޭނާގެ ކޮއްކޮއަށް ލަގްޒަރީ އެޕާޓްމަންޓެއް ގަނެދީފި