ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)އަށް ދަތުރުކުރާ ޓެކްސީތަކަށް ޑޮމެސްޓިކް ޓާމިނަލާ ހަމައަށް ދަތުރުކޮށް ޓެކްސީ މަޑުކުރެވޭ ގޮތް ހެދުމަށް ނިންމައިފި އެވެ.
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނީ މާދަމާ އިން ފެށިގެން ޓެކްސީތަކަށް ޑޮމެސްޓިކް ޓާމިނަލާ ހަމައަށް ދެވޭނެ ކަމަށެވެ.
ޓެކްސީގައި ވީއައިއޭއަށް ދަތުރުކުރާ މީހުން މިހާރު ޓެކްސީ މަޑުކުރަނީ އިންޓަނޭޝަނަލް ޓާމިނަލްގެ ކުރިމަތިން އެއްފަޅިއަކަށްވާ ގޮތަށް ޓެކްސީ ކިޔު އަށެވެ. މިބަދަލާއެކު އެއާޕޯޓުން ހިދުމަތް ހޯދާ މީހުންނަށް އެތައްގޮތަކުން ފަސޭހަވާނެ އެވެ.
ފުރަން ދާ މީހުން ޓެކްސީގައި ޑޮމެސްޓިކް ޓާމިނަލަށް ގެންދެވޭ ގޮތަށް އިންތިޒާމު ހަމަޖެހުނު ނަމަވެސް އެހެން މަންޒިލްތަކުން ވީއައިއޭގެ ޑޮމެސްޓިކަށް ކުރާ ދަތުރަށްފަހު ޓެކްސީ ނަގަން އަދިވެސް ދާންޖެހޭނީ ޓެކްސީ ކިޔު އަށެވެ.
އައްޑޫ އެކްސިޑެންޓް: ހާލު ސީރިއަސްވި މީހާ އޮތީ ވެންޓިލޭޓަރުގައި
އީރާނުގެ އިންޒާރާއެކު ހަމަލާ ނުދޭން ޓްރަމްޕް އަންގައިފި
