ސަރުކާރުން ކުރިއަށް ގެންދާ މަޝްރޫއުތަކަށް ހުށަހަޅާ ބީލަންތައް ބަލައި ދިރާސާކޮށް ކުންފުނިތަކާ އެ މަސައްކަތް ހަވާލުކުރާ ނެޝަނަލް ޓެންޑާ ބޯޑް އަލުން އެކުލަވާލައިފި އެވެ.
ފިނޭސް މިނިސްޓްރީން ބުނީ ޓެންޑާ ބޯޑުގެ ޗެއާޕާސަން އަކަށް ހަމަޖެއްސީ އެމިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަހުމަދު ސާއިދު އެވެ.
މިއީ ރައީސް މުއިއްޒުގެ ސަރުކާރުން އެކުލަވާލު ފުރަތަމަ ޓެންޑާ ބޯޑެވެ.
ޓެންޑާ ބޯޑްގެ މެންބަރުންނަކީ
- ފިނޭންސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަހްމަދު ސާއިދު - ޗެއާމަން
- އަބްދުﷲ އިމްރާން - ވައިސް ޗެއާމަން
- މުންތާޒު އަބްދުއްރަހީމް - މެންބަރު
- އާދަމް ބަދުރުﷲ - މެންބަރު
- ޝަނޫން ފުއާދު - މެންބަރު
- ފާތުމަތު މުހައްމަދު ދީދީ - މެންބަރު
- އަލްއުސްތާޒު އައިމިނަތު ޒީނިޔާ - މެންބަރު
މި ބޯޑުން ބަލާނީ ފަސް މިލިއަން ރުފިޔާއަށްވުރެ ބޮޑެތި މަޝްރޫއުތަށް ބިޑް ކުރުމުގައި ދެފުށް ފެންނަ އުސޫލަކުން ހިނގާތޯ އާއި އެ މަޝްރޫއުތައް ހަމަހަމަކޮށް އެންމެ އެކަށީގެންވާ ފަރާތްތަކަށް ހަވާލު ކުރުމަށެވެ. މި ބޯޑުގެ ޒިންމާތަކުގެ ތެރޭގައި މި ދާއިރާއިން ސިޔާސަތުތައް އެކުލަވާލުން ވެސް ހިމެނެ އެވެ.
ޖިންސީ ގޯނާކުރި މީހަކު ހޯދަން އިންޓަޕޯލް ރެޑް ނޯޓިސް ނެރެފި
މައިިންބަފައިންނާއި ދަރިން ގެންގުޅެންޖެހޭ ނިދުމުގެ އުސޫލުތަކެއް!
ޑިޖިޓަލް ސާވިސްއަށް ބޮޑެތި ބާރުތަކެއް ދޭން ބިލެއް ހުށަހަޅައިފި