މާބަނޑުއިރު މޭނުބައިކޮށް ހޮޑުލެވުމަކީ ގިނަ އަންހެނުންނަށް ދިމާވާ ކަމެކެވެ. ހާއްސަކޮށް ފުރަތަމަ ދެތިން މަހުގަ އެވެ. މި އުނދަގޫ ކުރިމަތިވާ މީހުންނަށް އިނގުރާއި "އެކުއަޕްރެޝާ" އަކީ ހައްލެއް ކަމަށް ދިރާސާއަކުން މިވަނީ ދައްކާފަ އެވެ.
"އެކުއަޕްރެޝާ" އަކީ އަތުގެ ކުޑަހުޅާ ދިމާލުން އަތަށް ފިތާލައި ބާރު ދިނުމެވެ. މިކަމުން ހަށިގަނޑުގައި ލޭ ދައުރުވުން ރަނގަޅުވެ މޭ ނުބައި ކުރުން ހައްލު ކޮށްދެ އެވެ.
ދިރާސާއަކުން ދައްކާފައިވާ ގޮތުގައި އިނގުރު ބިސްކޯދު ކެއުމުން ހޮޑުލެވުން ކުޑަކޮށްދެ އެވެ. ނަމަވެސް މާހިރުން ލަފާ ދީފައިވަނީ ގުދުރަތީ މާއްދާތައް ބޭނުން ކުރުމަށެވެ. ނަމަވެސް ބިސްކޯދު ފަދަ ތަކެތި ބޭނުންކުރަން ވިސްނާ ނަމަ އޮރިޖިނަލް، ޔަގީންކަން ބޮޑު އުފެއްދުންތައް ބޭނުން ކުރުމަށް ބުނެފައިވެ އެވެ.
އިނގުރު ސަޔަކީ ވެސް ބަލިވެ އިނުމާ ގުޅިގެން ކުރިމަތިވާ ވޭންތައް ކުޑަކުރުމަށް ޒަމާނުއްސުރެ ބޭނުންކުރަމުން އަންނަ އެއްޗެކެވެ. އެހެން ނަމަވެސް މާ ގިނަ ދުވަހަށް މި އުނދަގޫތައް ދެމިގެންދާ ނަމަ ޑޮކްޓަރަށް ދައްކައި، ޑޮކްޓަރީ ބޭސް ބޭނުންކުރަން ޖެހޭނެ ކަމަށް ސިއްހީ ތަޖުރިބާކާރުން ބުނެ އެވެ.
ބަލިވެ އިނުމާ ގުޅިގެން އެންމެ އާންމުކޮށް ކުރިމަތިވާ މި މައްސަލަތައް، ފުރަތަމަ ހަތަރު މަސް ދުވަހުގެ ތެރޭގައި ފިލައިގެން ދާނެ އެވެ. ނޫންނަމަ ސިއްހީ އެހީ ހޯދުން މުހިއްމެވެ.
ޖޭލޯއާއެކު އެއްވެސް ގުޅުމެއް ބާއްވަން ޖެނިފާ ބޭނުން ނުވަނީ ކީއްވެ
ދިރާގު ރޯދަ ރެޑީ ޕްރޮމޯޝަންގެ ފުރަތަމަ ހަފްތާގެ ނަސީބުވެރިން
ކައުންސިލް އިންތިޚާބާއެކު ރިފަރެންޑަމް ބާއްވަން ޕާޓީތަކުން ދެކޮޅު