އައްޑޫ ސިޓީ ޕޮލިސް އެކަޑަމީގައި މަސައްކަތްކުރާ ފުލުހެއް ގެއްލިގެން ހޯދަމުން ދަނިކޮށް އޭނާ މޫދުގައި މަރުވެފައި އޮއްވާ ފެނިއްޖެ އެވެ.
ފުލުހުން ބުނީ އައްޑޫގައި ހުންނަ ނޭޝަނަލް ކޮލެޖު އޮފް ޕޮލިސިން އެންޑް ލޯ އެންފޯސްމަންޓްގައި ޑިއުޓީކުރާ ފުލުހަކު ރޭ އިޝާނަމާދަށް ދިޔަ ގޮތަށް ގެއަށް ނާންނަ ކަމަށް ރޭ 12:40 ހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.
އެ ރިޕޯޓު ލިބުމާއި ގުޅިގެން ފުލުހުން އޭނާ ހޯދަމުން ދަނިކޮށް ހިތަދޫ ސްވިމިން ޓްރެކް ސަރަހައްދުން 1:40 ހާއިރު ފެނިފައިވާ ކަމަށް ފުލުހުން ބުނެ އެވެ.
އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލަށް ގެންދިޔައިރު ވެސް މީހާ މަރުވެފައިވާ ކަމަށް ހޮސްޕިޓަލުން ފުލުހުންނަށް މައުލޫމާތު ދީފައިވާ ކަމަށެވެ. މަރުވެފައި ވަނީ 22 އަހަރުގެ ފިރިހެނެކެވެ.
މި މައްސަލަ ފުލުހުން އަންނަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.
ގައުމު ހަލަބޮލި ކުރުމަށް އުޅޭތީ ފާރަވެރިވާންޖެހޭ: ރައީސް މުއިއްޒު
ހުސްފަޔާ ހިނގުން: ދުޅަހެޔޮ ސިއްހަތަކަށް އޮތް ސިއްރެއް!
ނިދި ހަމަ ކުރިޔަސް ވަރުބަލި ވަނީތަ؟ ސަބަބަކީ މިއީ ކަމަށް ވެދާނެ!