މާ ގިނައިން މޮބައިލް ފޯނު ބޭނުން ކުރުމަކީ ފިރިހެނުންގެ ދަރިފަނި އުފެދޭ މިންވަރު ދަށްވާ ކަމެއް ކަމަށް ދިރާސާއަކުން ދައްކައިފި އެވެ.
އެގޮތުން ފާއިތުވެދިޔަ 50 އަހަރު ތެރޭގައި ފިރިހެނުންގެ ދަރިފަނި އުފެދޭ މިންވަރު ބޮޑުތަނުން ދަށްވެފައިވާ ކަމަށާއި އޭގެ ސަބަބެއްގެ ގޮތުގައި ބެލެވޭ އެއް ކަމަކީ ފޯނު ބޭނުން ކުރުން ކަމަށް ދިރާސާގައިވެ އެވެ.
އެ ދިރާސާގެ ހޯދުންތައް ބުނާ ގޮތުގައި 18 އަހަރާއި 22 އަހަރާ ދެމެދުގެ ފިރިހެނުންގެ ތެރެއިން ދުވާލަކު ދެ ގަޑިއިރަށްވުރެ ގިނައިރު ފޯނު ބޭނުންކުރާ ފިރިހެނުންގެ ދަރިފަނީގެ އަދަދު މަދެވެ.
ހަމައެއާއެކު ގިނައިން ފޯނު ބޭނުންކުރާ ފިރިހެނުންގެ ދަރިފަނީގެ ކޮލިޓީ ވެސް ދަށް ކަމަށާއި ލިބޭ ދަރިންގެ އައިބުތައް ހުރުމުގެ ފުރުސަތު ބޮޑް ކަމަށް ވެސް ދިރާސާގައި ބުނެފައިވެ އެވެ.
މޮބައިލް ފޯނުން ދެ ޖިންސުގެ މީހުންގެ ދަރިމައިވުމުގެ ނިޒާމަށް ވެސް އަސަރުކުރާ ކަމަށް އެނގިފައިވީ ނަމަވެސް އެ އަސަރު އެންމެ ބޮޑަށް ފާހަގަވަނީ ފިރިހެނުންގެ ފަރާތުން ކަމަށް ބުނެފައިވެ އެވެ.
ސަބަބެއްގެ ގޮތުގައި އެ ދިރާސާގައި ފާހަގަކޮށްފައިވަނީ މޮބައިލް ފޯނުން ބޭރުވާ ރޭޑިއޭޝަންގެ ސަބަބުން ދަރިފަނީގެ ކޮލީޓީ ދަށް ކޮށްލުމެވެ.
އެހެން ކަމުން މޮބައިލް ފޯނު ބޭނުން ކުރުން ވީހާވެސް މަދުކުރަން ފިރިހެނުންނަށް އެ ދިރާސާގައި ނަސޭހަތްތެރިވެފައިވެ އެވެ.
އަބޫދާބީން ގަތަރަށް ދަތުރުކުރި ބޯޓަކަށް ޑްރޯން ހަމަލާއެއް ދީފި
އިޒްރޭލުން އީރާނަށް ހަމަލާދޭން އިރާގުގައި އަސްކަރީ މަރުކަޒެއް
"ދަ ޑެވިލް ވެއާސް ޕްރާޑާ"ގެ ތިންވަނަ ބައެއްގެ އިޝާރާތެއް!