ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ފޮނުވާ އެސްއެމްއެސް ތަކުގައި ލިންކެއް ނުހިމެނޭނެ ކަމަށް އެ ބޭންކް އިން ބުނެފި އެވެ.
ބީއެމްއެލްގެ ނަމުގައި ލިންކު ހިމެނޭ އެސްއެމްއެސްއެއް ފޮނުވައިގެން މީހުން އަތުން ފައިސާ ހޯދަން ދަނީ މަސައްކަތް ކުރަމުންނެވެ.
އެކަމާ ގުޅިގެން އެ ބޭންކުން ބުނީ އެއީ ބޭންކުގެ ނަމުގައި ފޮނުވާ ފޭކް މެސެޖުތަކެއް ކަމަށެވެ. އަދި އެފަދަ ލިންކުތަކަށް ނުފިތުމަށް ވަނީ އިލްތިމާސްކޮށްފަ އެވެ.
މަކަރާއި ހީލަތުން ފައިސާ ހޯދާ ފަރާތްތަކުން ފޯން ނަންބަރު ސްޕޫފްކޮށްގެން ލިންކް ހިމަނައިގެން އެސްއެމްއެސް ފޮނުވާ. މިފަދަ ލިންކްތަކަށް ނުފިތާ،" ބީއެމްއެލް އިން ބުންޏެވެ."
ބީއެމްއެލްގެ ނަމުގައި ކަސްޓަމަރުންނަށް ގުޅައިގެން ކޭޝް ކާޑުގެ މައުލޫމާތު ހޯދައިގެން މަކަރާއި ހީލަތުން ފައިސާ އަތުލާ މައްސަލަތައް ވެސް މީގެކުރިން ފާހަގަވެފައިވެ އެވެ. ބީއެމްއެލް އިން ބުނީ އެއްވެސް ކަސްޓަމަރެއްގެ ޒާތީ މައުލޫމާތު ހޯދަން ބޭންކުން ނުގުޅާނެ ކަމަށެވެ.
އެމްޑީޕީގެ އިސް ސަފުން ފެންނަނީ ދަލު ބޭރުން ޖެހިގެން އުޅޭ ބައެއް
ބީއެމްއެލްގެ އަހަރީ އާންމު ޖަލްސާ އަންނަ ހޮނިހިރު ދުވަހު ބާއްވަނީ
ރޯދައަށްފަހު އާއްމު ދިރިއުޅުމަށް ހޭނެން އެހީއެއް!
