ރާއްޖޭގައި އިއްޔެ ބޭއްވި ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވި ޑރ. މުހައްމަދު މުއިއްޒަށް ސައުދި އަރަބިއާ އިން މަރުހަބާ ވިދާޅުވެއްޖެ އެވެ.
ސައުދީ ސަރުކާރުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު މަތްރިކް އައްދައުސަރީ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މުއިއްޒުގެ ސަރުކާރެއްގައި ރާއްޖެއާއި ސައުދީއާ ދެމެދު މިހާރުވެސް އޮތް ގުޅުން އެގޮތުގައި ދެމިއޮންނާނެ ކަމަށެވެ.
ރާއްޖެއިން ސައުދީއާ އެކު ސިޔާސީ ގުޅުން ގާއިމުކޮށްފައިވަނީ 17 މާޗު 1981 ގަ އެވެ. ފާއިތުވި އަހަރުތަކުގައި އެ ގައުމުން ވަނީ ރާއްޖޭގެ ތަރައްގީއަށް ބޮޑެތި އެހީތެރިކަމެއް ފޯރުކޮށްދީފަ އެވެ. އެގޮތުން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އެކި މަޝްރޫއުތައް ހިންގުމަށް ސައުދީ ފަންޑުން ލޯނު އެހީ ދީފައިވެ އެވެ.
މުއިއްޒު ރައީސް ކަމަށް އިންތިހާބުވުމާއެކު ގިނަ ގައުމުތަކުން އަންނަނީ އެމަނިކުފާނަށް މަރުހަބާ ކިޔަމުންނެވެ.
ބަދިގެއަށް ތެލިތަށި ގަންނައިރު މިކަމަށް ސަމާލުވާތި!
ޖާގަ ތަނަވަސް މާހައުލަކަށް މިކަންކަމަށް ސަމާލުވޭ!
ކޮރަޕްޝަން އިންޑެކްސްގައި ރާއްޖެއަށް ލިބުނީ 39 މާކްސް
