ގދ. ތިނަދޫ އަކީ ސިޓީއެއް ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ހަމަޖައްސައިފި އެވެ.
ތިނަދޫގައި މިރޭ ބޭއްވި ކެމްޕޭން ޖަލްސާގައި ރައީސް ވަނީ އެ ރަށް ސިޓީއަކަށް ބަދަލުކުރެއްވިކަން އިއުލާން ކުރައްވާފަ އެވެ.
"އާދެ މިއަދު ރޫހުވަނީ މި ފެން މީރު ތިނަދޫ ސިޓީއާއެކީގައި. އާދެ ތިނަދޫއަކީ ރާއްޖޭގައި ގާއިމްކުރެވުނު ފަސްވަނަ ސިޓީ. މަރުހަބާ ތިނަދޫ ސިޓީ،" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ތިނަދޫ ސިޓީއަކަށް ބަދަލުކޮށްދިނުމަށް އެދި އެ ރަށު ކައުންސިލުން 2022 ވަނަ އަހަރުގެ ޖެނުއަރީ މަހު ސަރުކާރުގައި އެދިފައިވާ ކަމަށެވެ. ތިނަދޫ ސިޓީއަކަށް ބަދަލުކުރުމުގެ ކަންކަން ފުރިހަމަވެފައިވާތީ އެކަމާ ގުޅޭ ގަރާރުގައި މިއަދު ސޮއިކުރައްވާފައިވާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
ތިނަދޫ އަކީ ރާއްޖޭގެ ފަސް ވަނަ ސިޓީއެވެ. މާލޭ ސިޓީއަށްފަހު ދެން ކަނޑައެޅުއްވީ އައްޑޫ ސިޓީއެވެ. އަށްފަހު ފުވައްމުލައް ސިޓީއެވެ. ދެން ކަނޑައެޅުއްވީ ކުޅުދުއްފުށީ ސިޓީއެވެ.
ހުޅުމާލޭގެ ދުވާރުތަކުގައި އުޅަނދު ޕާކުނުކުރުމަށް އިލްތިމާސްކޮށްފި
ފަހު ވަގުތު ޕޯޗުގަލް ބަލިކޮށް ސްޕެއިން ކުއާޓާއަށް
އޮލިމްޕިކްސްގައި އެއް ޓީމެއް، ވޯލްޑް ކަޕްގައި 4 ޓީމު!
