މި އަހަރުގެ ހައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ރާއްޖެއިން ފުރާ ހައްޖާޖީންގެ އެންމެ ފަހު ގްރޫޕްގައި ހިމެނޭ ބޭފުޅުންނާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބައްދަލުކުރައްވައި ހައްޖާޖީންނަށް އަލްވަދާއު ވިދާޅުވެއްޖެ އެވެ.
މިއަދު މެންދުރުފަހު ފުރުމަށް ހަމަޖެހިފައިވާ ހައްޖާޖީންނާއި، އެއާޕޯޓުން ބައްދަލުކުރައްވައި ރައީސް ވަނީ، ހައްޖާޖީންގެ ހާލު އަހުވާލު އޮޅުންފިލުއްވާފަ އެވެ. އަދި އެމަނިކުފާނުގެ ހެޔޮދުއާތައް ވަނީ ހައްޖާޖީންނާއި އެކުގައި ކަމުގައި ވިދާޅުވެ، ހައްޖުވެރީންނަށް މަބުރޫރް ޙައްޖަކަށް އެދިވަޑައިގެންނެވި އެވެ.
މިއަހަރުގެ ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް އެންމެފަހުން ފުރި މިގުރޫޕުގައި ހިމެނެނީ، މޯލްޑިވްސް ޙައްޖު ކޯޕަރޭޝަންގެ ހަވާލުގައި ފުރާ 288 ޙައްޖާޖީންނެވެ.
ރައީސް މި އަހަރުގެ އަމީރުލް ޙައްޖުގެ ގޮތުގައި ކަނޑައަޅުއްވާފައި ވަނީ ނައިބް ރައީސް ފައިސަލް ނަސީމެވެ.
ޖަޕާނުން 4-0 އިން ޓިއުނީޝިއާ ބަލިކޮށްފި
"ބޮޑު ބަދަލު" އޮފީސް އުފައްދައިފި
ނޯވޭ ޓީމުން ވޯލްޑް ކަޕަށް ދިޔައީ ކާބޯތަކެތި ވެސް ހިފައިގެން!