އާއްމު ދިރިއުޅުމުގައި ގިނަ އަންހެނުން ނުތަނަވަސްވެ ސްޓްރެސްވާން މެދުވަރިވަނީ ދަރިންނަށްވުރެ ބޮޑަށް ފިރިންގެ ސަބަބުން ކަމަށް ދިރާސާއަކުން ދައްކައިފި އެވެ.
އެ ދިރާސާގައި ބުނެފައިވަނީ ގިނަ އަންހެނުންގެ ފިރިންނަކީ ގޭތެރޭގެ މާހައުލުގައި ކުޑަކުދިންނެކޭ އެއްފަދައިން އުޅޭ މީހުން ކަމަށާއި ނަތީޖާއަކަށް ވަނީ ދަރިންނާ އެއްވަރަށް ފިރިންނަށް ސަމާލުވާން އަންހެނުންނަށް ޖެހުމެވެ.
ހަމައެއާއެކު ގޭތެރޭގެ ކަންކަމުގައި އަނބިންނަށް ފިރިންގެ އެހީއާއި އެއްބާރުލުން ނުލިބުމަކީ ވެސް އަނބިން ސްޓްރެސް ވާން މެދދުވެރިވޮ ކަމެއް ކަމަށް އެ ދިރާސާގައި ބުނެފައިވެ އެވެ.
ދިރާސާގައި ބައިވެރިވި އަންހެނުންގެ 67 ޕަސެންޓް އަންހެނުން ބުނެފައިވަނީ ގޭތެރޭގައި ދަރިންނަށް ވުރެ ބޮޑަށް ފިރިންގެ ސަބަބުން ސްޓްރެސްވާ ކަމަށެވެ.
އަހަރުމެންގެ މި ކުޑަ ރާއްޖޭގައި ވެސް އަނބިންގެ މެދުގައި މި ޝަކުވާ އޮވެ އެވެ. ފިރިން ދަރިންނަށް ވުރެ ތުއްތު ވާހަކައާއި ގޭތެރޭގެ ކަންކަމުގައި އެހީނުވާ ވާހަކައަކީ ގިނަ އަންހެނުން ދައްކާ ވާހަކަ އެކެވެ.
ޕެންޝަން އޮފީހަށް އޮތް އިތުބާރު މުޅިން ވެއްޔާ މޮޑެވިއްޖެ: ޝާހިދު
ކެއުމުގައި ލުނބޯ ހިމަނަންވީ މިހެންވެ!
ދިވްޔާ މަރުވިއިރު ނުނިމި އޮތް ފިލްމުތަކަށް ވީ ކިހިނެއް؟