ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހުންނަ ހިޔާ ޓަވަރެއްގެ ފުލެޓެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައި ވަރަށް ބޮޑަށް ރޯވެއްޖެ އެވެ.
މިރޭގެ ވަގުތެއްގައި އަލިފާނުގެ ހާދިސާ ހިނގާފައި ވަނީ ހިޔާގެ ފަސް ވަނަ ޓަވަރުގެ 17 ވަނަ ފަންގިފިލާގަ އެވެ. އަލިފާން ރޯވެފައި ވަނިކޮށް ނަގާފައިވާ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ވަނީ އާންމުވެފަ އެވެ. އެ ވީޑިއޯއިން ފެންނަގޮތުގައި ވަރަށް ބޮޑަށް ވަނީ އަލިފާން ރޯވެފަ އެވެ.
އެނގިފައިވާގޮތުގައި އާދަޔާ ހިލާފު ބޮޑު ގެއްލުމެއް ނުވަނީސް އެ އަލިފާންގަނޑު އެ ފްލެޓްގައި ދިރިއުޅުނު މީހުން ވަނީ ކޮންޓްރޯލްކޮށްފަ އެވެ.
އާބަންކޯއިން ބުނީ މިހާ ތަނަށް ލިބިފައިވާ މައުލޫމާތުތަކުން މި ހާދިސާ ހިނގާފައިވަނީ ބެލްކަނީގައި ހުރި ކުނިތަކެއްގެ މައްޗަށް ނިއްވާނުލާ މީހަކު އެއްލާލި ސިގިރެޓް ފިލްޓަރެއްގެ ސަބަބުން ކަމަށް ޝައްކު ކުރެވޭ ކަމަށެވެ. އަދި އެފަދަ އަމަލުތައް ނުކުރުމަށް އެ ކުންފުނިން ވަނީ ނަސޭހަތްތެރިވެފަ އެވެ.
އެ ހާދިސާގައި ފްލެޓަށް ލިބުނީ ކިހާވަރެއްގެ ގެއްލުމެއް ކަމެއް އަދި ސާފެއްނުވެ އެވެ. އެމްއެންޑީއެފް އިން ވެސް އެ ސަރަހައްދުގައި ހަރަކާތްތެރިވި އެވެ.

އަނބިމީހާ މަރާލުމުގެ ތުހުމަތުވާ މާވިން އިސްލާމްވެއްޖެ
މުސްލިމެއް ނޫން، އެކަމަކު ވެސް ރޯދަ ހިފާތާ 20 އަހަރު!
މިސައިލްތަކާ ބެހޭގޮތުން ޓްރަމްޕް ކުރި ދައުވާއަށް ތާއީދެއް ނެތް
