ކުރިއަށް އޮތް ރިޔާސީ އިންތިޚާބާ ގުޅޭގޮތުން ޖުމްހޫރީ ޕާޓީ އާއެކު މަޝްވަރާ ކުރުމުގެ ދައުވަތު އެ ޕާޓީން މޯލްޑިވްސް ތާޑްވޭ ޑިމޮކްރަޓްސް (އެމްޓީޑީ)އަށް ދައުވަތު ފޮނުވައިފި އެވެ.
ޖޭޕީގެ ލީޑަރު އަދި އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓު ގާސިމް އިބްރާހީމް ސޮއިކުރައްވައި އެމްޓީޑީއަށް ފޮނުއްވި ސިޓީގައި ވަނީ ސިޔާސީ ގޮތުން ހަރަކާތްތެރިވާ ސިޔާސީ ޕާޓީތަކާއި، ސިޔާސީ މައިދާނުގައި ހަރަކާތްތެރިވާ ވަކިވަކި ފަރާތްތަކާއެކު މަޝްވަރާކޮށް، ގިނަ ބަޔެއްގެ ބައިވެރިވުން އޮންނާނެ ގޮތެއްގެ މަތިން މި ގައުމުގެ ކަންކަން އިސްލާހުގެ މަގަށް ގެންދިޔުމަށް މަގުފަހި ކުރުމަށްޓަކައި އެމްޓީޑީއާއެކު މަޝްވަރާ ކުރަން ބޭނުންވާ ކަމަށެވެ.
އެ މަޝްވަރާތަކުގައި އެމްޓީޑީގެ ފަރާތުން ބައިވެރިވެވަޑައިގަންނަވާނެ މަންދޫބުންގެ މައުލޫމާތު ވީހާވެސް އަވަހަކަށް ޖުމްހޫރީ ޕާޓީގެ އިދާރާއަށް ފޮނުވައިދިނުމަށް އެ ސިޓީގައި އެދިފައިވެއެވެ.
އެމްޓީޑީގެ އިތުރުން އިދިކޮޅު ޕީޕީއެމާއި އެމްއެންޕީ އާއި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރާއި ކުރީގެ ބަންޑާރަ ނައިބު ޑރ. މުހައްމަދު މުނައްވަރަށް ވެސް އެ ޕާޓީން ދައުވަތު ފޮނުވި އެވެ. ނަމަވެސް ޕާޓީއަކުން އަދި އެއްވެސް ބޭފުޅަކު ވެސް އެ ދައުވަތު ގަބޫލުކުރައްވާފައެއްނުވެ އެވެ.

ހޮނިހިރު ދުވަހުން ފެށިގެން ގޮވާމުން ފިތުރު ޒަކާތް ބަލައިގަންނަނީ
ދުނިޔޭގެ ތާރީހުގައި ތައްޔާރު ކުރެވުނު އެންމެ ދިގު ރޯދަ ސުފުރާ!
ރާއްޖެއަށް ތެޔޮ ހޯދަން އިންޑިއާގެ އެހީއަށް އެދެފި
