ބޭނުންވާ ތަކެތި
- 2 ޖޯޑު ފުށް
 - 1 ½ ޖޯޑު ހަކުރު
 - 1 ސައިސަމުސާ ބޭކިން ސޮޑާ (ފުރާނާފައި)
 - 2 ސައިސަމުސާ ބޭކިން ޕައުޑަރު
 - 2 ސައިސަމުސާ ފޮނިތޮށި
 - 3 ބިސް
 - 1 ޖޯޑު ތެޔޮ
 - 2 ޖޯޑު ބަރަބޯ ޕޫރީ (ކައްކާފައި ނުވަތަ ފިހެފައި)
 
ތައްޔާރު ކުރާނެ ގޮތް:
- 180 ޑިގްރީ އަށް އަވަން ހޫނުކުރަން ޖައްސާށެވެ. އަދި 9 އިންޗި 13 އިންޗީގެ ޓްރޭއެއްގައި ބަޓަރު ނުވަތަ މާޖިރިން ހާކައި ޓްރޭ ތައްޔާރު ކުރާށެވެ.
 - ފުން ތަށްޓެއްގައި ފުށާއި ހަކުރާއި ބޭކިން ސޮޑާ އަދި ބޭކިން ޕައުޑަރާއި ފޮނިތޮށި އެއްކުރާށެވެ.
 - އެހެން ތަށްޓެއްގައި ބިހާއި ތެޔޮ އަދި ބަރަބޯ އެއްކުރާށެވެ.
 - ބަރަބޯ ރަނގަޅަށް އެކުވުމުން ފުށް ތަށީގެ ތެރެއަަށް އަޅައި އޮމާން ވަންދެން އެއްކުރާށެވެ.
 - ދެން ކުރިން ތައްޔާރުކުރި ޓްރޭއަށް އެޅުމަށްފަހު އަވަނުގައި ފިހާށެވެ. ބައިގަޑިއެއްހައި އިރުން ރަނގަޅަށް ފިހެވޭނެ އެވެ.
 
			ނަސްރުގެ ދުވަހު މައުމޫނަށް ހާއްސަ އައްޑަނައެއް އަރުވަނީ
		
			ކޮޅުވެއްޓި ހާދިސާގައި ސީރިއަސްވި ދިވެހި ޒުވާނާ ވެސް މަރުވެއްޖެ
		
			"ބާލީ" ފެނުން ސިއްހަތަށް އެތައް ފައިދާތަކެއް!