އއ. ކުރަމަތިން މޫދަށް އެރިއުޅުނު ފަތުރުވެރިޔަކު، މަރުވެގެން އެ ރަށު ގޮނޑުދޮށަށް ލައްގައިފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މަރުވެފައި ވަނީ ޖަރުމަނަށް ނިސްބަތްވާ ފިރިހެނެއް ކަމަށެވެ. އުމުރުން 62 އަހަރުގެ ޖަރުމަނުގެ އެ މީހާ ފެނުނު އިރު ވެސް އޮތީ މަރުވެފައި ކަމަށް އޮފިޝަލް ވިދާޅުވިއެވެ.
ބެލެވޭގޮތުގައި އޭނާ މަރުވީ ގެނބިގެންނެވެ. މޫދަށް އެރިއުޅޭ ފަތުރުވެރިން މަރުވުމަކީ ރާއްޖޭގައި އާންމު ކަމެކެވެ. ގިނަ ފަހަރަށް ފަތުރުވެރިން މަރުވަނީ ފީނަން ގޮސް އުޅުމުގެ ތެރޭގަ އެވެ.
އެފަދަ ހާދިސާތައް މަދުކުރުމަށް ފަތުރުވެރިންނަށް ރަނގަޅަށް އިރުޝާދު ދިނުމަށް ޓޫރިޒަމް މިނިސްޓްރީން އިލްތިމާސް ކުރެ އެވެ.
ހާމަނާއީގެ ޖަނާޒާގައި ބައިވެރިނުވެވުނު ސަބަބު ހާމަކޮށްފި
މާލޭގެ އިތުރު ދެ ތަނެއްގައި އަލިފާން ރޯވެއްޖެ
އީރާން، ރަޝިޔާ އަދި ޗައިނާގެ ވިޔަފާރީގެ މަގަކަށް މިސައިލް ހަމަލާ
