ތ. ބުރުނީގައި ރުކެއް ޖެހި އަނިޔާވި މީހުންނަށް އިތުރު ފަރުވާ ދިނުމަށް މާލެ ގެނެސްފި އެވެ.
ބުރުނީގައި ރުކެއް ޖެހި ހަތަރު މީހަކަށް އަނިޔާވެފައިވާއިރު، މި ހާދިސާގައި އަނިޔާވީ ބިދޭސީން ތަކަކަށެވެ. އަދި އެ ހާދިސާ ހިނގި ވަގުތު ބިދޭސީއަކު ވަނީ މަރުވެފަ އެވެ.
މިދިޔަ އާދިއްތަ ދުވަހު ހަވީރުގެ ވަގުތެއްގައި މި ހާދިސާ ހިނގީ، ބިންމަތީައި އޮތް ރުއް ބޮޑެއް ހައިމާކަށް ނަގައިގެން އެނބުރުނު ގަޑީ، އެ ރުއް ވިއްސައިގެން ގޮސް އެ މީހުންގެ ގައިގައި ޖެހިގެން ކަމަށް މައުލޫމާތު ލިބެ އެވެ. އަނިޔާވި ބިދޭސީންތަކަކީ އެމްޓީސީސީގައި މަސައްކަތް ކުރާ ބައެކެވެ.
އެ މީހުންނަށް އަނިޔާވުމުން އެންމެ ފުރަތަމަ ފަރުވާދީފައި ވަނީ ބުރުނީ ސިއްހީ މަރުކަޒުގަ އެވެ. އަދި އެއަށްފަހު ދ. ކުޑަހުވަދޫ ހޮސްޕިޓަލުގައި ފަރުވާދިނުމަށްފަހު އެ މީހުން ވަނީ އިތުރު ފަރުވާއަށް އައިޖީއެމްއެޗަށް ބަދަލުކޮށްފަ އެވެ. އެ މީހުން މާލެ ފޮނުވާލި އިރު ހާލު ރަނގަޅު ކަމަށް އެ ހޮސްޕިޓަލުން ބުނެފައިވެ އެވެ.
މި ހާދިސާ ފުލުހުންގެ އިދާރައިން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.
ތަރައްގީ އަކީ އެއްގަމު ތޮށްޓާއި ބޮޑުހިލައެއް ނޫން
އެކްޓް ކުރުމަށްވުރެ މޮޅީ އެހެން ކަމަކަށް ކަމަށް ވިކީ ބުނެފި
ހުޅުމާލެއިން ބޮޑު ބިމެއް ވަކި ބަޔަކަށް ދޭނީ، އޭސީސީ ހަނު!
