އަންނަ ރޯދަ މަހާ ދިމާކޮށް އެމްޕީއެލްއިން އޮޕަރޭޝަންތަކަށް ބޭނުންވާ އިތުރު ހަތަރު އުޅަނދު ގެނެސްފި އެވެ.
އެމްޕީއެލްއިން ރޯދަމާހާއި ދިމާކޮށް އަލަށް ގެނެސްފައި ވަނީ ކޮންޓެއިނަރު އުފުލަން ހަތަރު "ރީޗް ސްޓެކާސް" އެވެ.
އެމްޕީއެލްއިން ބުނީ އެ ހަތަރު އުޅަނދު ގެނައީ ރޯދަމަހު އެޕަރޭޝަން އަވަސްކުރުން ކަމަށެވެ. މީގެ ސަބަބުން، 40 ފޫޓުގެ ކޮންޓެއިނަރު ފުލް ލޯޑްގައި ލޭންޑިން ކްރާޕްޓްތަކަށް ލޯޑްކޮށްގެން މާލޭގެ ޕޯޓާ ހަމައަށް ގެނެވޭނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.
މިދިޔަ އަހަރުގެ ރޯދަމަހު ވެސް ރާއްޖެއަށް އެތެރެކުރި ކާބޯތަކެތީގެ އަދަދު ވަނީ ފާއިތުވި ތިން އަހަރުގެ ރޯދަމަހަށް ވުރެ އިތުރުވެފަ އެވެ. ރޯދަމަހާ ދިމާކޮށް މައިގަނޑު ގޮތެއްގައި އެންމެ ގިނައިން އެތެރެކުރާ މުދަލަކީ އަވަހަށް ހަލާކުވާ ޒާތުގެ ކާބޯތަކެއްޗެވެ. މީގެ ކުރީގެ އަހަރުތަކުގައި ވެސް ބޯޓު ބަނދަރުކުރާ ވަގުތު، މުދާ ހުސްކުރުމަށް ލޮރީ ފަދަ ތަކެތި ތައްޔާރަށް ބޭއްވުމުގެ އިންތިޒާމްތައް ހަމަޖައްސާފައިވެ އެވެ.
އެމްޑީޕީގެ ކައުންސިލް ޕްރައިމަރީ ޖެނުއަރީ 30 ގައި ބާއްވާނީ
ރާއްޖެ އިޝްތިހާރުކުރަން ޔޫނިއަންޕޭއާއެކު ވެސް އެއްބަސްވުމެއް
ކައިލީއާއި ޓްރެވިސްގެ ގުޅުން ނިމުނު އަސްލު ސަބަބު!